ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަންނަ ހަފުތާގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާ ބުރާސްފަތި ދުވަހުއެވެ. މި ދަތުރު ތާވަލުކޮށްފައިވަނީ މި މަހު 8 އިން 10 އަކަށެވެ
މީގެ ކުރިން ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާއަށް ނަމަވެސް މިފަހަރު ރައީސް ކަމާ ޑރ. މުއިއްޒު ހަވާލުވެޑައިގެން ފުރަތަމަ ދަތުރުފުޅު ކޮށްފައިވަނީ ތުރުކީއަށެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވައި ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރު ޒަމީރު ކުރައްވާ މި ދަތުރުފުޅަކީ މި ސަރުކާރުގެ އިސްބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުން މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރަޓަރީ ޖައިޝަންކަރުއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.