ވެލާނާ އިންޓަނޭޝަލަން އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތަށް ސައުދީ ފަންޑުން ދޭ އިތުރު 17 މިލިއަން ޑޮލަރު (261.8 މިލިއަން ރުފިޔާ) ލޯނުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ ދެވަނަ އެޑިޝަނަލް ލޯނުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓާއިއެކު ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ މޫސާ ޒަމީރުއެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތޯން އަބްދުއްރަހުމާން އަލްމުރްޝަދުއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ވީއައިއޭ މަޝްރޫއަށް ހަމަޖެހުނު އިތުރު ފައިސާގެ ސަބަބުން އެ މަޝްރޫއު އަވަސް ސްޕީޑެއްގައި ނިންމޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސައުދީ ފަންޑަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސައުދީ ފަންޑުން ރާއްޖެއަށް އެންމެ ފުރަތަމަ ދިން ލޯނަކީ 1978 ވަނަ އަހަރު މާލޭ ވައިގެ ބަނދަރު ތަރައްގީކުރުމަށް ދިން ލޯނެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެހިސާބުން ފެށިގެން މިހާތަނަށް ސައުދީ ފަންޑުގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާކަމަށެވެ.
އަންނަ ކޮންމެ ސަރުކާރަކުން ވީއައިއޭ ތަރައްގީ ކުރާށޭ ކިޔާފަ ލޯނު ނަގަނަގައިގެން މިޖަހާ ސަކަރާތެއް ނޭނގެ. ޓާރމިނަލް ތެރެވެސް ހީވަނީ ހޫނު ގަދަ ކަމުން އަވަނެއްހެން. ބޯޓުން ފައިބައިގެން ބަހަކަށް އަރާ ދުއްވައިގެން ނޫނީ ޓާރމިނަލަށް ވަދެވެނީކީ ނޫން. ދެން ކޮންތަރައްގީ އެއްބާ؟