އިންޑިއާ އަދި މުޅި ދުނިޔޭގައި ވެސް, ހަވާދުވެ ބާތެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާގައި ވާ އެވްރެސްޓް އާއި އެމްޑީއެޗް ބްރޭންޑްގެ ބާވަތްތަކުގައި ކެންސަރު ޖައްސާ މާއްދާ ހުރި މައްސަލަ އެމެރިކާގެ ފްޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވެސް ބަލަން ފަށައިފިއެވެ.
ރާއްޖޭގެ ބާޒާރުގައި ގެސް ގިނަ އަދަދަކަށް ހުރި މި ބާވަތްތައް ނުވިއްކަން މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު އާންމުކޮށް އަންގާފައި ވާ އިރު އެ ދެ ބްރޭންޑްގެ ބާވަތްތަކުގައި ހުންނަންވާ މިންވަރަށް ވުރެ މާ މަތީ މިންވަރަކަށް އެލަތީން އޮކްސައިޑް ހުރިކަމަށް ދައްކައެވެ. މިއީ ކެންސަރު ޖައްސާ މާއްދާއެކެވެ.
މި މައްސަލައިގައި އެވްރެސްޓުން މީގެ ކުރިން ބުނެފައި ވަނީ އެމީހުންގެ އުފެއްދުންތައް ކެއުމަށް އެންމެ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް އެމްޑީއެޗް އިން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
މި މައްސަލަ އެކި ގައުމުތަކުގައި ފެން މަތިވެފައި ވާ އިރު ހޮންކޮންގް އާއި ސިންގަޕޫރުގައި ވެސް ވަނީ މި ދެ ބްރޭންޑްގެ ހަވާދުވެ ބާވަތްތައް ވިއްކުން ހުއްޓުވާފައެވެ.
މި ކަމާ ގުޅިގެން ކުޅި ބާވަތްތަކާ ބެހޭ އިންޑިއާގެ ސްޕައިސް ބޯޑުން ބުނީ މައްސަލަ ބަލަމުން ގެންދާ ކަމަށާއި ހޮންކޮންގް އާއި ސިންގަޕޫރުގެ އިދާރާތަކާ ގުޅިގެން މައްސަލައިގެ އަސްލު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
މި މައްސަލަ ފެންމަތިވުމާއެކު އެވްރެސްޓް އާއި އެމްޑީއެޗް ގެ ވެބްސައިޓުވެސް ވަނީ ޑައުންކޮށްލާފައެވެ.
އެތަލީން އޮކްސައިޑަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރުމަށް ބޭނުންކުރާ ކެމިކަލެކެވެ. މި ކެމިކަލް ބޭނުން ކުރުމަކީ ސިއްހީ ގޮތުން އެތައް މައްސަލައެއް ކުރިމަތިވާ ކަމެއް ކަމަށް ދިރާސާ ތަކުން ވަނީ ހާމަވެފައެވެ.
އެގޮތުން ލިމްފޮއިޑް ނުވަތަ ލިމްފޯމާ ކެންސަރު [ބްލަޑް ކެންސަރުގެ ވައްތަރެއް] އަދި އަންހެނުންނަށް އުރަމަތީގެ ކެންސަރު [ބްރެސްޓް ކެންސަރު] ޖެހުމުގެ މަގު ފަހިވެއެވެ.
ހުސްވި 2019 ވަނަ އަހަރުވެސް އެމްޑީއެޗްގެ ބައެއް ޕްރޮޑަކްޓުތައް ސެލްމޮނެއްލާ އިން ތަޣައްޔަރުވެފައި ވާ މައްސަލައެއް ފެންމަތިވެފައި ވެއެވެ.
ސެލްމޮނެއްލާ ބެކްޓީރިއާގެ އަސަރު ހަށިގަނޑަށް ކޮށްފިނަމަ އެކަމުގެ ނުރައްކާ، ކުޑަކުދިންނާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑެވެ. މީގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ވެސް މި ބެކްޓީރިއާގެ ނުރައްކާ ބޮޑެވެ.
ޢެފަދަ މާއްދާ އެކުލެވޭނެތާ ދަނޑުން ނަގާ ގޮތަށް ޢިތުރަށް ދޮވެ ސާފުކުރުމެއް ނެތި ހަވާދު ތައްޔާރު ކުރަނީ. މިރާއްޖޭގަވެސް ހަނީ ސަކްލް މީހުން ހަަވާދު ނުދޮވެ ބަސްތާއިން ނަގާ ގޮތަށް މުގުރަނީ ކުރަނީ.