އުރީދޫ ނޭޝަން އީއޭއެފްސީ މޯލްޑިވްސް ސީރީޒް، ސީޒަން 1 ގެ ޗެމްޕިއަންކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ގައި ބޭއްވުނު އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން 1 ނިންމާލާފައި ވަނީ މިދިޔަ އެޕްރީލް 20 ވަނަ ދުވަހުއެވެ.

އެޕްރީލް 18 އިން ފެށިގެން 2 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ، މުބާރާތަށް ހޫނު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫއިން މި މުބާރާތް ކުރިއަށް ގެން ގޮސްފައި ވަނީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާއި ގުޅިގެންނެވެ.

އުރީދޫއިން ބުނީ ފޯރިގަދަ މެޗު ތަކަކާއެކު ކުޅުންތެރިން މަސައްކަތް ކޮށްފައި ވަނީ ޗެމްޕިއަން ކަން ހޯދާ ފައިސާގެ އިނާމުތައް ހޯދުމަށް ކަމަށެވެ. އަދި ހުރިހާ ބައިވެރިންގެ ކިބައިން ވެސް ނަމޫނާ ރީތި ކުޅުމެއް ފެނިގެން ދިޔަ ކަމަށެވެ.

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ:

  • ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ (8000 ރުފިޔާ)
  • ރަނާއަޕް: ރާއިދު ހަސަން (4500 ރުފިޔާ)
  • 2 ވަނަ ރަނާއަޕް: މުހައްމަދު ރިޝްފާން އަހްމަދު (2500 ރުފިޔާ)

އުރީދޫއިން އިތުރަށް ބުނީ އުރީދޫ ނޭޝަންގެ ގެ ފަރާތުން ރާވައިގެން މިފަދަ މުބާރާތްތްތައް ރާއްޖޭގައި ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.

އުރީދޫއިން މަސައްކަތް ކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ އަދި މިކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރެވިގެން ދާނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.