ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މި މަހުގެ 25 ވަނަ ދުވަހަށް ހަމަވާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑި މެއި 2، 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އިތުރުކޮށްފައިވާކަމަށެވެ.
މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ އިތުރުން މިހާރު ކިޔަވަމުންދާ ދަރިވަރުން ހިމެނޭހެން 500 ފުރުސަތު ހުޅުވާލާފައިވެއެވެ. މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ރާއްޖެއިން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވެއެވެެ.
މިއަހަރުގެ ލޯނު ސްކީމް އިއުލާންކޮށްފައިވަނީ އެޑްމިނިސްޓްރޭޓިވް ޗާޖް ގެ ގޮތުގައި %1 ހިމެނޭހެންނެވެ.
ލޯނަށް އެދި ފޯމް ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.
މި ދޭނީ ހުސް ޕާޓީ ކުދީންނަށް