އޭޝިއާގައި މިވަގުތު ހުރި އެންމެ މުއްސަނދި މަހުޖަހު މުކޭޝް އަމްބާނީގެ ދަރި އަނަންތް އަމްބާނީ ގެ ކައިވެނި ހަފްލާ ލަންޑަނުގައި ބާއްވާގޮތަށް ނިންމައިފިއެވެ.

އުމުރުން 28 އަހަރުގެ އަނަންތު ކައިވެނި ކުރަނީ އުމުރުން 29 އަހަރުގެ ރަދިކާ މާޗަންޓް ކިޔާ އަންހެނަކާއެވެ. އޭނާ އަކީ އެންކޯރް ހެލްތުކެއާގެ ބާނީން ކަމަށް ވާ ވިރެން އާއި ޝައިއިލާ މާޗަންޓުގެ ދަރިއެކެވެ. ރަދިކާ އަކީ އެ ކުންފުނީގެ ޑައިރެކްޓަރެކެވެ. ބޮލީވުޑް ރިޕޯޓްތައް ބުނާގޮތުގައި ދެމީހުންގެ އެންގޭޖްމަންޓް ހަފްލާ ދުބާއީގައި ބާއްވަން ނިންމިއިރު ކައިވެނި ހަފްލާ ބާއްވާނީ ލަންޑަނުގައެވެ. ކައިވެނި ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ހޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީން ބައިވެރިވާނެއެވެ.

އަނަންތް އަމްބާނީ ގެ ކައިވެނީގެ އެންމެ ހާއްސައެއް ރަސްމިއްޔާތުގައި އޭނާފަދަ ބިލިއަނަރުން ކަމަށް ވާ ޒަކަބާގް އާއި އޭނާގެ އަންހެނުން ޕްރިސިލާ ޗޭން އާއި ބިލްގޭޓްސް ވަނީ ބައިވެރިވެފައެވެ. އެމީހުންނާއެކު ލަވަކިޔުންތެރިޔާ ރިހާނާވެސް ބައިވެރިވިއެވެ. އަންނަ ޖުލައި މަހު ބާއްވަން ނިންމާފައިވާ އެ ކައިވެނީގެ އެކި ހަފުލާތައް ވަނީ މީގެ މަހެއްހާދުވަސްކުރިން ފަށާފައެވެ. ދުނިޔޭގެ 9 ވަނަ އަށް އެންމެ މުއްސަނދި އަދި އޭޝިއާގެ އެންމެ މުއްސަނދި އަމްބާނީގެ މިލްކިއްޔާތުގައި 83.4 ބިލިއަން ޑޮލަރު ހިމެނެއެވެ.