ކުޅުދުއްފުށީ ސިޓީގެ ދެ ދާއިރާއިން ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ހޯދަވައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއިން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކާމިޔާބުކުރެއްވީ ފަރުހަތު މުހައްމަދެވެ. އަދި ކުޅުދުއްފުށި އުތުރު ދާއިރާއިން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރި ހޯދެވީ މުހައްމަދު ދާއޫދެވެ.

އެގޮތުން މި އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި މިހާރުވެސް އެ ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ ޔާސިރު އަބްދުއްލަތީފް ވާދަކުރެއްވިއިރު އަމިއްލަ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު މުޖުތަބާ އަހުމަދު ވަނީ ކުރިމަތިލައްވާފައެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާދަކުރެއްވިއިރު އަމިއްލަ ގޮތުން ޕީއެންސީގެ ޕްރައިމަރީއިން ނާކާމިޔާބުވެ، އައިމަން މުހައްމަދު ވާދަކުރެއްވި ނަމަވެސް ޕީއެންސީގެ ކެންޑިޑޭޓް ފަހަތަށް ވަނީ އަރާފައެވެ.

ޕީއެންސީއިން ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑި ކަށަވަރުކޮށްފައިވާއިރު ކުޅުދުއްފުށީގެ ދެ ދާއިރާވެސް މިހާރު ތަމްސީލުކުރަމުން ގެންދަނީ އެމްޑީޕީގެ ކެންޑިޑޭޓުންކަން ފާހަގަކުރެވެއެވެ.