އެމްޑީޕީ ވެރިކަމުގައި ރައީސް އޮފީހުގެ ކުރީގެ އަންޑާސެކްރެޓަރީކަން ކުރެއްވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯރަ އިއްބެ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން މިއަދު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެމްޑީޕީގެ ޖަލްސާތައް ކުރިން ހުށަހަޅައި ދެއްވި ހޯރަ އިއްބެ ކުޑަކުއްޖެއްގެ މައްސަލައިގައި މީގެ ކުރިން ޖަލަށްވެސް ލިއެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ވަނީ އިއްބެ އަށް މާފުދެއްވާފައެވެ.

އިއްބެ ރައީސް އޮފީހުގައި ހުންނެވުމަށްފަހު ފަހުން އުޅުއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޕްރޮމޯޓު ކުރަން ލިޔުނު ބައެއް ލިޔުންތައް ލިޔުއްވުމުގައި އެހީތެރިވެދެއްވާށެވެ.