ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމުން ކުރިއަށް ގެންދިޔަ އެއްވެސް މުޒާހަރާއެއްގައި އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް އާއި ދަރިކަލުން ޒެއިން އަބްދުﷲ ބައިވެރިވެވަޑައިނުގެންނެވީ ކީއްވެތޯ އައްސަވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސުވާލު އުފައްދަވައިފިއެވެ.
ޕީއެންސީ/ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަނެެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ، ޔާމީނުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުން އިހްލާސްތެރި ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަދި ޔާމީނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު އިހްލާސްތެރި ނޫން ކަމަށް ވިދާޅުވެ ފަހުން އަދުރޭ ވަނީ ޔާމީންގެ އަނބިކަނބަލުންނާއި ދަރިކަލުންނާ މެދު ބޮޑު ސުވާލެއް އުފައްދަވާފައެވެ.
އެގޮތުން ރައީސް ޔާމީން ޖަލުގައި ހުންނެވި ހުރިހާ ދުވަހު މެޑަމް ފާތުން އާއި ދަރިކަލުން ޒެއިން އެއްވެސް މުޒާހަރާއަަކަށް ވަޑައި ނުގަން ކަމަށާއި މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ ކުރިން ސިޔާސީ އިސްވެރިން ހައްޔަރު ކުރި ފަހަރުތަކުގައި އާއިލާއިން މުޒާހަރާގައި ބައިވެރިވާ ކަން ހާމަކުރައްވަމުން އަދުރޭ ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރުމުން އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މުޒާހަރާއަށް ވަޑައިގެން ކަމަށެވެ. ހަމައެއާއެކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމުން އަނބިކަނބަލުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ނިކުމެވަޑައިގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.
މެޑަމް ފާތުންނާއި ޒެއިން މުޒާހަރާތަކަށް ވަޑައިނުގަން އިރު، މިހާރު ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންނަށް އެ ބޭބޭފުޅުންނަށް ފާޑުވިދާޅުވެވެން ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭރު މުޒާހަރާގައި ބައިވެރިވި އިސް ބޭފުޅުންގެ ތެރޭގައި އެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް އިޝާރާތްކުރައްވައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް އިހުލާސްތެރިވި ބޭފުޅުން މި ތިބީ މިސަފުގައި ކަމަށެވެ.
ހެޔުހާލުކޮޅުގަ ހުންނަވި ކަމަށް އުންމީދު ކުރަން ސަލާމް ކޮށްލަން ބޭނުން އަށްސަލާމް ޢަލައިކުމް ވަރަޙުމަތުލާހި
ޢިބިލީސް ބުންޏަސް ހެޔޮބަހެއް ވާނީ ހަމަ ހެޔޮ ބަހަކަށް. ޢިބުލީސް ަބޫހުރައިރާ އަށް ޖެއްސުން ކުރުމާ ބެހިގެން ރަސޫލާ އަބޫހުރައިރާއަށް ޙަދީޘް ކުރެއްވި ކަމަށްވޭ އެބަސް ބުނީ ދޮގުވެރިއެކެވެ. ޢެކަމަކު އޭނާ އެބުނީ ތެދު ބަހެކެވެ.
އަދުރޭ ވަރުގެ ލަދު ހަޔާތެއް ނެތް މީހަކު މި އުޑުބަޅު ކުރެއްވި ހިސާބުގަ ހުންނާނެހެނެއް ހީއެއްނުވޭ.
ކޮންމެ މީހަކުވެސް ބަލަނީ އެމީހެއްގެ ފައިދާ އަށް އެގޮތުން ބަލާއިރު އަދުރޭވެސް ހަމަ ރަގަޅު. ޖަމީލު މެނަށް ވިސްނާލާ ކިހިނެއްތޯ ކަންތައް ތައް ކޮށްފަ ހުރީ.އަފުރޭ އެކަންޏެއް ނޫން ސިޔާސީ މީހުންގެ %90އަކީ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތް މީހުން.