މުޅި ރާއްޖޭގައި ސަރުކާރުގެ 225 ސްކޫލެއް ހުރި އިރު, މިހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ހަނގާ ކުރުމުގެ 26 މައްސަލައެއް ހިނގާފައި ވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ, ސްކޫލު ތަކުގައި ބްލީ ނުގަތަ ހަނގާ ކުރުމުގެ މައްސަލަތައް ހުށަހެޅެމުން އަންނަލެއް ގިނަކަން ފާހަގަ ކުރެއްވޭ ކަމަށެވެ.
އެ މައްސަލަތަކުގެ ތަފްސީލު އޭނާ ނުދެއްވި ނަމަވެސް އެފަދަ ބައެއް މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ އަނިޔާ ކުދިންނަށް ދިނުމާއި ހަޑިހުރު ބަހުން މުއާމަލާތު ކުރުމާއި, ވަނަން ކިޔައި މަލާމާތް ކޮށް ހަނގާ ކުރުމުގެ މައްސަލަތައް ހިމެނޭކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.
ސްކޫލުތަކުގެ ބައެއް ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ލިބިފައި ވާ ގޮތުގައި ހަނގާ ކުރުމުގެ ސަގާފަތް ގްރޭޑް 2 އިން ފެށިގެން ހިނގަމުން ދެއެވެ. ބައެއް ފަހަރު އެފަދަ ކަންކަން ސްކޫލުތަކުގެ ބައެއް ޓީޗަރުން ސިއްރު ކުރާ ކަމަށާއި ދަރިންގެ ފަރާތުން މައިންބަފައިންނަށް މައުލޫމާތު ލިބި ސްކޫލު މެނޭޖްމަންޓަށް ރިޕޯޓު ކުރާކަމަށް ވެސް ބައެއް ބެލެނިވެރިން ބުނެފައި ވެއެވެ.
ޝަފީއު މިރޭ ވިދާޅުވީ, މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ 225 ސްކޫލުގެ ތެރެއިން ކައުންސިލިން ދެވޭ ހާލަތުގައި އެކަމަށް ހާއްސަ ކައުންސިލަރުން ތިބީ 51 ސްކޫލުގައި ކަމަށް ވުމެވެ.
އޭނާ ވިދާޅުވީ އެހެން އެކަން އޮތސް ނަމަވެސް, އެކިއެކި ސިވިކް ޕްރެގްރާމުތައް ޓީޗަރުންނާއި ދަރިވަރުންނަށް އަމާޒު ކޮށްގެން މިހާރުވެސް ހިންގޭ ކަމަށާއި ބްލީކުރުން ފަދަ ވިޔަނުދާ ކަންމާއި އަދި ކޮށްގެން ނުވާނޭ ކަންތައްތަކަށް އެފަރާތްތައް އަހުލުވެރި ކުރަމުން ގެންދެވޭ ކަމަށެވެ.
އއ ރަސްދޫގައި ކުޑަކުއްޖަކަށް ގަނާ ކޮށް ޖިސްމާނީ އަނިޔާ ދިން މައްސަލަ ބަލަން އެކުލަވާލި މިނިސްޓަރުން ހިމެނޭ ކޮމިޓީން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަނީ ކުށުގެ ވެށީގައި ކުޑަކުދިން ހިމެނޭ އަދަދުތައް ހާމަ ކުރައްވާފައެވެ. އެގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އުމުރުން ހަގު ކުދިންގެ ތެރެއިން 200 އެއްހާ ކުދިން ތިބީ އެޓްރިސްކް ގައި ކަމަށެވެ. އެ ކުދިންނަށް އަޅާލައި ދޭންޖެހޭ އެހީތެރިކަން ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށް ވިދާޅު އޭނާ ފާހަގަ ކުރެއްވީ, ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށް ކުރުމަށް ކުޑަކުދިންގެ އަދުލާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައި ވާ ކަމަށެވެ.
އޭނާ ވިދާޅުވީ, ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށް ކޮށްފައި ވާ ކަމަށާއި އެގޮތުން އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި 11 އަހަރު އަދު އިނގިރޭސިވިލާތުގައި 10 އަހަރު ހިމަނާފައި ވާ ކަމަށެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި 12,13 އަދި 14 އަހަރަކީ އެ އުމުރުފުރާކަމަށް ބަލާ ކަމަށާއި ރާއްޖޭގައި ވެސް އެ އުމުރުފުރާ ބަދަލުކުރަން ސަރުކާރުން ވިސްނާ ކަމަށެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކަނޑައަޅާފައި ވަނީ 15 އަހަރެވެ. މި އުމުރު މިހެން ކަނޑައަޅާފައި އޮންނަތާ އެތައް އަހަރެއް ވެފައި ވީނަމަވެސް އެއީ ރާއްޖޭގައި ކުށުގެ ވެށީގައި ކުޑަކުދިން ޝާމިލުވަމުން ދާ ނިސްބަތަށް ބަލާއިރު އެންމެ ހަމަޖެހޭ ގޮތް ނޫންކަމަށް އިހުސާނު ފާހަގަ ކުރެއްވިއެވެ. މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ ގާނޫނުގައި ބުނާ ބޮޑުމީހަކަށް ނުވާ އުމުގެ ކުއްޖަކަށް ކުރި ހުކުމެއްގައި އަދަބު ތަންފީޒު ކުރަމުން ދާ އިރު އެއީ މިހާރު ބޮޑު މީހެއް ކަމަށާއި ނަމަވެސް ގާނޫނު އޮންނަ ގޮތުން އޭނާ އާ މެދު އަމަޒު ކުރަން ޖެހެނީވެސް އަދި މުޖުތަމައަށް އަނބުރާ ގެނައުމަށް ހިންގާ އެކިއެކި ޕްރޮގްރާމުތައް ވެސް ހިންގަން ޖެހެނީ އެއީ ކުޑަކުއްޖެއް ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް އެއީ ކުޑަކުއްޖެއް ކަމަށް ނުވާ އިރު ގާނޫނުގައި އެގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިއްޔެ އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާ ކުރި މަންޒަރުތައް ފެންނަ ވީޑިއޯ އަކީ އެރަށު މިސްކިތެއްގައި ތަރާވީސް ނަގާދު ކުރަމުން ދިޔަ ވަގުތުގައި އަނިޔާ ލިބުނު ކުއްޖާ ތަރާވީހަށް ހުއްޓާ މިސްކިތުން ބާލުވައި މިސްކިތުގެ ފާހާނާ ހިމެނޭ ބަޔަށް ގެންގޮސް ތަޅާ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެ ކުއްޖާ ރޮއި އަނިޔާ ނުކުރަން އާދޭސް ކުރަމުން ދިޔަ އިރުވެސް އޭނާ އަށް އަނިޔާ ކުރި ދެކުދިން ގެންދިޔައީ ބިރު ދައްކާ, ބްލީ ކޮށް ތަޅާ އަނިޔާ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން އިހުސާން ވިދާޅުވީ, މައްސަލައިގައި ހިމެނޭ އުމުރުން 13 އަދި 14 އަހަރުގެ 2 ކުދިންގެ ތެރެއިން 1 ކުއްޖަކު, އެކުއްޖާގެ ބެލެނިވެރިންނާއެކު ފުލުސް އޮފީހަށް ހާޒިރު ކޮށްފައި ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިނިސްޓަރުން ހިމެނޭހެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު އެކުލަވާލި ކޮމިޓީގެ ޓީމެއް ރަސްދޫ އާއި މަތިވެރިއަށް ގޮސް މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަން ޖެހޭ ކަންކަން ދެނެގަންފައި ކަމަށެވެ.
މައުލޫމާތު ލިބިފައި ވާ ގޮތުން އަނިޔާ ލިބުނު ކުއްޖަކީ އެއަތޮޅު މަތިވެރި ކުއްޖެކެވެ. އެކުއްޖާގެ މަންމަ އަކީ ރަސްދޫ އަންހެނެކެވެ.
ތިޔަކަން ހައްލު ކުރުމަށް ކޮންމެ ސްކޫލެއްގައި މުރުޝިދުލް އަޚުލާޤަކު ނުވަތަ ޑިސިޕްލިންގ ސްޕަވައިޒަރަކު ބަހައްޓަވާ.. އެއްވެސް ސްކޫލަކަށް ކުޑައި މީސް ކުރާކަށް ނޫން ނަމޫނާއަކަށް އަޙުމަދިއްޔާ ބައްލަވާ..އެސްކޫލުގައި އަބަދުވެސް ޕްރިންސިޕަލްގެ ބެއްލެވުމުގެ ދަށުގައި ޑިސިޕްލިން ބަލަހައްޓަވާ ސްޕަވައިޒަރެއް ހުންނާނެ. ބަރާބަރަށް ސްކޫލުގެ ޤަވާޢިދު ތަންފީޒު ކުރާނެ..ނަތީޖާ ވަރަށް ފޮނި...ކިޔެވުން ވެސް ރަނގަޅު ވަނީ އަޚުލާޤު ބެލެހެއްޓޭތީ..މެމްބަރެއް މިނިސްޓަރެއް އާންމު މީހެއްގެ ދަރިއަކު ތަފާތެއް ނުކުރާނެ..މިހެން ދަންނަވާއިރު ވެސް އަޅުގަނޑަށް އެނގޭ މުޖުތަމަޢު އަށް ކޮށްފައިވާނޭދެވޭ އަސަރު އެސްކޫލުންވެސް ފެނިދާނެ ކަން.އެހެން ނަމަވެސް އެއީ ނަމޫނާސްކޫލެއް.ވިސްނަވާ.އަންނަން އޮތް ޖީލު ސަލާމަތް ކުރައްވާ...