އއ.ރަސްދޫ މިސްކިތެއްގެ ފާހަނާތެރެއަށް ކުޑަ ފިރިހެން ކުއްޖަކު ވައްދާ 'ބުލީކޮށް' އަނިޔާކުރި މައްސަލަ ބަލަން ކަމާގުޅޭ އިދާރާތަކުގެ ހާއްސަ ޓީމެއް އެރަށަށް ގޮސްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ އާއި ގުޅިގެން ފުލުހުންނާ، ޖެންޑާ މިނިސްޓްރީ އަދި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އިތުރުން ހޯމް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމެއް މިހާރު ރަސްދޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ރޭ ސޯޝަލް މީޑިއާގައި ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވޯޑިއޯ ދައުރުވާން ފެށުމާއެކު ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. މި ގޮތުން ފުލުހުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާ 14 އަހަރުގެ ކުއްޖެއްކަމަށާ އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށެވެ.
މީގެ އިތުރުން މި މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު މި މައްސަލައިގައި އަނިޔާލިބުނު ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް އަންނަނީ ގޮވާލަމުންނެވެ.
މިނޫނަސް މީހުނަށް އަނިޔާކުރެއެވެ އެކަމަކު 10 12ޓީމު ރައްރަށަށް މައްސަލަބަލަން ގޮސްއުޅޭތަނެއް ނުފެނެއެވެ. މިކަމަކީ މިހާރު ވޯޓާ ގުޅިގެން ހިނގާ ކަމެއްކަން މޮޔައަކަށް ވިޔަސް އެނގޭނެއެވެ. މިއީހަމަ މަކާރިމުލްއަޚުލާޤުބާ
ކުޑަޔަސް ބޮޑަސް އަނިޔާކޮށްފިނަމަ އެއަނިޔާއެއް ވާނީއެއްވަރެވެ. މިދުވަސްވަރަކީ މަޖިލިސް ވޯޓުގެ ދުވަސްވަރު ކަމަށްވާތީ ހުރިހައި މީހުނަށްވެސް މިމައްސަލަ ސީރިއަސް ވެއްޖެއެވެ. ބޮޑެތިމަރުގެމައްސަލަތައް ހިނގާއިރުވެސް މިހާފޯރިއެއް ނާރައެވެ. ކަމާބެހޭ ހުރިހައި މުއައްސަސާތަކުން މިހާރު ރަސްދޫގައި ލަދެއް ހަޔާތެއްނެތަސް ވަޔަށް އުޅެންވެސް ވާނީ ވަކިވަރަކަށް