ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "އައުޓާ ބޭންކްސް" ގެ ހަތަރު ވަނަ ސީޒަން މިއަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަހަރު މި ސީރީޒްގެ ހަތަރު ވަނަ ސީޒަން ސްޓްރީމްކުރާނެ ކަން އިއުލާންކުރި ނަމަވެސް ވަކި ތާރީހެއް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި ހަތަރު ވަނަ ސީޒަން އާންމުންނާ ހަމައަށް އަންނާނީ މިއަހަރުގެ މެދުތެރޭގައެވެ. މި ސީރީޒްގައި ހިމެނޭ މައިގަނޑު ތަރިންނަކީ މެޑްލީން ކްލައިން (ސާރާ)، ޗޭސް ސްޓޯކްސް (ޖޯން ބީ)، ރޫޑީ ޕެންކޯ (ޖޭޖޭ)، މެޑިސަން ބެއިލީ (ކީ) އަދި ޖޯނަތަން ޑޭވިސް (ޕޯޕް) އެވެ. މި ހުރިހާ ތަރިންނެއްވެސް މި ސީޒަނުގައި ހަރަކާތްތެރި ވާނެއެވެ. ދިހަ އެޕިސޯޑު ހިމެނޭ ގޮތަށް ތިން ވަނަ ސީޒަން ނެރެން ތައްޔާރުވަުން އަންނައިރު މި ސީޒަނަކީ ކުރީ ސީޒަންތަކާ ހިލާފަށް ތަފާތު ސީޒަނެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސީރީޒް ފެށިގެން ދިޔައީ ޖޯން ބީ ގެ ބައްޕަ މަރުވެ، ބައްޕަގެ ހަޒާނާ އެއް ހޯދުމަށް ޖޯން ބީ އާއި އޭނާގެ އެކުވެރިން މަސައްކަތް ފަށާ ހިސާބުންނެވެ. ނަމަވެސް ދެވަނަ ސީޒަން ނިމިގެންދިޔައީ ޖޯން ބީ ގެ ބައްޕަ ދިރިހުރިކަން އެނގޭ ހިސާބުންނެވެ. ތިން ވަނަ ސީޒަން ނިމުނީ ޖޯން ބީ އާއި އޭނާގެ ބައްޕަ އަށް ލިބުނު ކާމިޔާބާއެކުގައެވެ. ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި ގިނަ ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.