އިންޑިއާގެ ދިއްލީގެ ޖަމާ މަސްޖިދުގެ ނަމުން މަޝްހޫރު މަސްޖިދު-އި-ޖެހާން-ނޫމާ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް މިސްކިތެވެ. މި މިސްކިތް ބިނާކުރެއްވީ 1644 އާއި 1656 އާ ދެމެދު މުއުލް ރަސްގެފާނު ޝާހްޖަހާންއެވެ. މި މިސްކިތުގައި ފުރަތަމަ އިމާމްވެ ނަމާދުކުރެއްވީ ސައިދު އަބްދުލްއަފޫރު ޝާހު ބުހާރީ އެވެ. ޖަމާ މިސްކިތަކީ އިސްތިއުމާރީ ޒަމާނުގައި މުޅި އިންޑިއާގައި ވެސް އިސްލާމީ ބާރު ރަމްޒުކޮށްދޭ ނިޝާނެއްގެ ގޮތުގައި ބެލެވެއެވެ.

ޖަމާ މިސްކިތް

ޖަމާ މިސްކިތް ބިނާކުރުމަށް ގާތްގަނޑަކަށް 5000 މަސައްކަތްތެރިން ބައިވެރިވިއިރު އޭގެ ތެރޭގައި އިންޑިއާ މީހުންނާއި، އަރަބިންނާއި، ފާރިސީންނާއި، ތުރުކީންނާއި، ޔޫރަޕުގެ މީހުން ހިމެނެއެވެ. މި މިސްކިތަކީ ޝާހްޖަހާންގެ ވެރިކަމުގައި އެންމެ ފަހުން ބިނާކުރި އެއް އާސާރީ ބިނާއެވެ. މި މިސްކިތް ނިންމުމަށްފަހު، މުއައްލަ ޒަމާނުގެ ނިޔަލަށް އެތަނަކީ ރަސްރަސްކަލުންގެ ޝާހީ މިސްކިތެއްގެ ގޮތުގައި ބޭނުންކުރި މިސްކިތެކެވެ. އެހެންކަމުން މި މިސްކިތް ވެފައިވަނީ އިންޑިއާގައި މުއައްލަ އިސްތިގުލާލުގެ މުހިއްމު ރަމްޒަކަށެވެ.

ޖަމާ މިސްކިތް

މި މިސްކިތް ބިނާކުރުމަށްޓަކައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ރަތް ވެލިއެވެ. އެހެންނަމަވެސް ބައެއް ހުދު މާބަލް ވެސް ބޭނުން ކޮށްފައިވެއެވެ. މިސްކިތް އިމާރާތުގެ އިރުމަތީ ދޮރާއި ދިމާލަށް ހުންނަ ހުޅުވިފައިވާ ގޯތިތެރެއަކީ މަދުވެގެން 325 ފޫޓު ހުރިއިރު މިއީ 25،000 މީހުންނަށް ޖާގަ ލިބޭ ތިނަކެވެ. މީގެ ކުރިން މި މިސްކިތުގެ އިރުމަތީ ދޮރުފަތް ވެސް ފުރަތަމަ ހާއްސަކޮށްފައި އޮތީ ހަމައެކަނި ޝާހީ ބޭނުންތަކަށެވެ. މި އިމާރާތުގެ އިރުއުތުރާއި އިރުދެކުނު ކޮޅުގައި 130 ފޫޓު (40 މީޓަރު) ގެ ދެ މުންނާރު ހުރިއިރު މި މިސްކިތުގެ އެތެރޭގެ އެންމެ ބޮޑު ޖާގައަކީ 90*200 ފޫޓު ހުންނަ ނަމާދު މާލަމެވެ. މި މިސްކިތުގެ ނަމާދުކުރާ މާލަމުގެ ދޮރުތަކުގެ މަތީގައި ފާރިސީ ބަހުން ލިޔެފައިވާ ކަލިގްރަފިކް ލިޔުންތަކެއް ހުރެއެވެ.

ޖަމާ މިސްކިތް

21 ވަނަ ގަރުނުގައި ޖަމާ މިސްކިތުގައި ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ބެލެވޭ ދެ ހާދިސާއެއް ހިނގާފައިވެއެވެ. 2006 ވަނަ އަހަރު ގޯތިތެރޭގައި ބާއްވާފައި ހުރި ޝޮޕިން ބޭގްތަކުގައި ދެ ބޮން ގޮއްވާލުމުން 13 މީހަކަށް އަނިޔާވެފައިވާއިރު 2010 ވަނަ އަހަރު މިސްކިތުގެ ބޭރުގައި ޕާކްކޮށްފައި އޮތް ޓޫރިސްޓް ބަހަކަށް ބަޑިޖަހާ ދިން ހަމަލާއެއްގައި ދެ މީހަކު ޒަހްމްވެފައިވެއެވެ.