ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލް އިން ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އަންގާފައިވާ ގޮތަށް، އެ ބޭންކުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި ހިދުމަތް ދިނުމަށް ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފައިވާ އިރު 4 ދުވަހު 2 ގަޑި އިރާއި 30 މިނިޓް އަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދުވަސްތަކަކީ މި މަހުގެ 31 އަންނަ މަހުގެ 1، 7 އަދި 8 އެވެ. އެ ދުވަސްތަކުގައި ބޭންކުން ހިދުމަތް ދޭނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށެވެ.

ހަމައެއާއެކު އަންނަ މަހުގެ 2 އިން 4 އަށް އަދި އަންނަ މަހުގެ 9 ވަމަ ދުވަހު ބޭންކުން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ބީއެމް އެލް އިން ބުނެއެވެ.

ރަމަޟާން މަހު ފަހު ދިހައިގައި ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.