އުމްރާގެ އަޅުކަން އަދާ ކުރުމަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ސ. މީދޫ ހަވާ، މުހައްމަދު ތައްކާނުއެވެ.

އޭނާއަކީ ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުން އުމްރާގެ އަޅުކަން އަދާ ކުރުމަށް ދިޔަ އުމްރާވެރިއެކެވެ. އެ ގްރޫޕުން ބުނީ އެއީ ރަމަޟާން މަހުގެ 15 ގައި އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތެއް ކަމަށެވެ.

https://www.facebook.com/story.php?story_fbid=969890348470722&id=100063492972846&mibextid=oFDknk&rdid=5YEW2X8OBQpnN3nO

ރޭ ފަތިހު 03:00 ހާއިރު ގްރޫޕުގެ އުމްރާވެރިންނާއެކު އުމްރާގެ އަޅުކަން އަދާކުރަން ހަރަމްފުޅަށް ދިޔަ ކަމަށާއި އެއަށްފަހު ހޯދާ ނުފެނިފައިވާ ކަމަށް އެ ގްރޫޕުން ބުނެއެވެ. އަދި އޭނާ ހޯދުމުގައި މައްކާއަށް އައިސްފައިވާ ދިވެހި ހުރިހާ އުމްރާ ޖަމާއަތްތަކުގެ އެހީތެރިކަމަށް އެ ގްރޫޕުން ވަނީ އެދިފައެވެ.

އެ އުމްރާވެރިޔާ ފެނިއްޖެނަމަ ލަސްނުކޮށް 966546279315+ ނުވަތަ 966500953603+ އަށް ގުޅައި މައުލޫމާތު ފޯރިކޮށްދިނުމަށް ވެސް އެ ގްރޫޕުން ވަނީ އެދިފައެވެ.