ސަރުކާރުން ހަދިޔާ ކުރި ކާޑުގެ ބާވަތްތައް އައްޑޫ ސިޓީން ދޫކުރާ މުއްދަތު އިތުރު ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މުއްދަތު ހަމަވިއިރުވެސް ބައެއް ގޭބިސީތަކުން ކާޑު ނަގާފައިނުވާތީ، ކާޑު ދޫކުރުމުގެ މުއްދަތު އިތުރުކޮށް މާރިޗް 25 ވަނަ ދުވަހުން ފެށިގެން މާޗް 28 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ކާޑު ދޫކުރުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 21:00 އިން ފެށިގެން 23:00 އަށެވެ. ކާޑު ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ ކުރީގެ ހިތަދޫ އަވަށު އޮފީހުގައެވެ. ބަލާ ދާ ފަރާތްތަކުން އައިޑީ ކާޑު ހިފައިގެން ދިއުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ.

ސަރުކާރުން ރޯދަމަހަށް ހާއްސަ ކޮށްގެން ކޮންމެ ގޭބީސީ އަކަށް ދޫކުރަން ނިންމާފައިވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ދޫ ކުރަން މާލޭގައި ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ހަދިޔާ (ހަނޑުލާއި ފުށް) ދޫކުރަން ހަމަޖެހިފައި ވަނީ ދިވެހިންނަށް އެކަނިކަން އެސްޓީއޯ އިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ހަނޑޫ އަދި ފުށް ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓު ކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.