މިދިޔަ ޖަނަވަރީ މަހު ރިލީޒްކުރި ވަރުގަދަ އެކްޝަން ފިލްމު "ފައިޓާ" ނެޓްފްލިކްސްގައި ސްޓްރީމްކޮށްފިއެވެ.

މިހާރު މި ފިލްމު ނެޓްފްލިކްސް އިން ބެލުމުގެ ފުރުސަތު އޮތް އިރު މިއީ ސިނަމާތަކުގައި މި ފިލްމު ނުބެލުނު މީހުންނަށް އޮތް ރަނުގެ ފުރުސަތެކެވެ. ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަޑުކޯން އަދި އެކްޓަރު ރިތިކް ރޯޝަން ލީޑު ރޯލުން ފެނިގެންދާ މިފިލްމަކީ ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ. މިދެތަރިންގެ އިތުރުން ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު ގެ އިތުރުން ކަރަން ސިންހް ގްރޯވަރުވެސް ފެނިގެންދާނެއެވެ. މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނީ އަކްޝޭ އޮބެރޯއީ، ސަންޖީދާ ޝެއިހް އަދި ތަލަތު އަޒީޒެވެ. ޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާފައިވާ "ފައިޓާ" ފިލްމަކީ ޖުމްލަ 30.03 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

މި ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދީފައިވާ ފިލްމެކެވެ. މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު 359 ކުރޯޑުގެ އާމްދަނީ އެއް ބޮކްސް އޮފީހުގައި މި ފިލްމަށް ލިބުނެވެ. މި ފިލްމުގައި މީގެ ކުރިން ފެނިފައިނުވާފަދަ ވައިގެ މަންޒަރުތަކެއް ވެސް ފެނިގެންދާނެއެވެ. ބަތަލާ ދީޕިކާ އެންމެ ފަހުން ފެނިގެންދިޔައީ ޝާހްރުކް ހާން އާއެކު ފިލްމު "ދުންކީ" އިންނެވެ. މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. ރިތިކް އެންމެފަހުން ފެނިގެންދިޔައީ ސައިފް އަލީ ހާން އާއެކު "ވިކްރަމް ވޭދާ" އިންނެވެ.