މާލޭގެ 2 މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ގެއްލުން ދީފިއެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގެއްލުން ދީފައި ވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ކަމަށެވެ.
އެ ދެ މިސްކިތުގެ ފާހާނާ ތަށި އަދި ފެން އިސްކުރުތަކަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށާއި ފާހަނާތަށި އަދި އިސްކުރު މަރާމާތުކުރުން މިރޭ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
މިސްކިތައް ގެއްލުން ދިނުން އާޒިމް ސިފަ ކުރެއްވީ ނާތަހުޒީބު އަމަލުތަކެއްގެ ގޮތުގައެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއީ ކޮން ބަޔަކު ކޮން މަގުސަދެއްގައި ކޮށްފައިވާ ކަމެއްކަން އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. މީގެ ކުރިން ވެސް މިސްކިތައް ގެއްލުން ދިނުމުގެ ސަބަބުން އެތައް ފަހަރަކު މިސްކިތްތައް ވަނީ މަރާމާތުކޮށްފައެވެ.
ދެރަވަރު...........ރީތިކޮށް މިސްކިތް ހަދާފަ މިސްކިތަށް ނައަންނާށޭ ބުނަނީ.....މިހާރު އަރަނީ އަގުބޮޑު ރީތި ފައިވާން .ބޫޓަށް ބޭރުގައި ހުއްޓާ ވެހިގަތީ ތެމުނީ ހަލާކުވީ.ހުކުރު މިސްކިތް ހެދި ޒަމާނުގައި ފައިވާނަކަށް ނާރާ.ވަޅުން ފައި ދޮވެގެން އަރަނީ...ޑިޒައިން ފާސް ކުރަނީ މިނިސްޓްރީން.....އަޅެ ކީއްވާނީ ނޭނގި ކުރެވުނީމާ އެކަން ރަނގަގު ކޮށްލަން....ޑިޒައިން ކުރާމީހަކު ގާތު ބުނަންވީނު ހުސް ޖާގަ ދައްކާފަ މިސްކިތުގެ ރީތިކަން ނުގެއްލޭ ގޮތަށް ފައިވާން ބަހަށްޓާ ތަނެއް ޑިޒައިން ކޮށްލާށޭ....ފިނިފެން މަލެއް ހުންނަހެން ވެސް ކޮށްލަފާނެ.