ޗިލީގައި އޮޕަރޭޓް ކުރާ އެއާލައިން އެއް ކަމަށް ވާ "ލަޓަމް" ގެ ބޯޓެއް އޮސްޓްރޭލިއާގެ ސިޑްނީން ނިއުޒީލަންޑަށް ތަތުރު ކުރަނިކޮށް އެރި ކުއްލި ލޮޅުމަކާއެކު މީހުންތައް ސީޓުން އުފުރިގެން ގޮސް ބޯޓުގެ މަތީ "ސީލިން" ގައި ޖެހިގެންނާއި ގޮނޑުތަކުގައި ޖެހި އަނިޔާތަކެއް ވެއްޖެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ފުރިހަމަ ތަފްސީލު އަދި އެއްވެސް ފަރާތަކުން ހާމަ ނުކުރާ އިރު ރިޕޯޓުތަކުގައި ބުނެފައި ވަނީ, އެ ހާދިސާގައި 50 މީހަކަށް އެކިވަރުގެ އަނިޔާވި ކަމަށާއި އެކެއްގެ ހާލު ސީރިއަސް ކަމަށެވެ.

އެ ހާދިސާ ހިނގި ކަމަށް ބޯޓުން ދަތުރުކުރި ބައެއް މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނަނީ ބޯޓު ކުއްލިއަކަށް ނޯސް ޑައިވް އަކަށް [ބޯކޮޅުވަތަށް] ދިޔަ ކަމަށާއި ކުއްލިއަކަށް އަނެއްކާ މައްޗަށް ހިއްލާލި ކަމަށެވެ. ނަމަވެސް އެހާދިސާ އަސްލު ހިނގި ސަބަބާއި ގޮތުގެ ފުރިހަމަ ތަފްސީލުތަކެއް އަދި އާންމެއް ނުކުރެއެވެ.

ލޮޅުން އެރި ޗިލީގެ ބޯޓު

އޭވިއޭޝަން ދާއިރާގެ ހަބަރުތަކުގައި ބުނެފައި ވަނީ ޓެކްނިކަލް ކަމެއް ދިމާވީ ކަމަށެވެ.

އެ ހާދިސާ އާ ގުޅިގެން ބޯޓު އޯކްލެންޑްގައި ޖެއްޒުމަށް ފަހު އަލުން ފުރައިގެން ވަނީ ޗިލީ އަށް ގޮސްފައެވެ.