މިއަދު މެންދުރު ބާރައާ ހަމައަށް 1723 ބަސްތާގެ ހަނޑޫ އަދި ފުށް ދޫކޮށްފިއެވެ.

ސަރުކާރުން ރޯދަމަހަށް ހާއްސަ ކޮށްގެން ކޮންމެ ގޭބީސީ އަކަށް ދޫކުރަން ނިންމާފައިވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް އިއްޔެ ބަހަން ފަށާފައި ވާއިރު، މިހާތަނަށް ޖުމްލަ 5297 ބަސްތާ ވަނީ ބަހާފައެވެ.

އެގޮތުން މާޗު 9 ވަނަ ދުވަހު ހަނޑޫ އަދި ފުށް ބަހާފައިވާ ސަރަހައްދުތަކަކީ:

  • ސޯޝަލް ސެންޓަރު – 580
  • ގަލޮޅު ދަނޑު – 818
  • އާއްމު ހިދުމަތްތަކާ ބެހޭބައި (މާލޭ ސިޓީ ކައުންސިލް) – 466
  • ބިއްރި މިސްކިތް ހޯލު (ވިލިމާލެ) – 342
  • އުމަރު ޒާހިރު ބިލްޑިން (ފޭސް-1) - 508
  • ހިޔާ ޓަވަރު- 10 ގެ ޔޫތު ސެންޓަރު (ފޭސް-2) - 860

އަދި މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ހަނޑޫ އަދި ފުށް ބަހާފައިވާ ސަރަހައްދުތަކަކީ:

  • ސޯޝަލް ސެންޓަރު – 440
  • ގަލޮޅު ދަނޑު - 317
  • އާއްމު ހިދުމަތްތަކާ ބެހޭބައި (މާލޭ ސިޓީ ކައުންސިލް) – 166
  • ބިއްރި މިސްކިތް ހޯލު (ވިލިމާލެ) – 110
  • އުމަރު ޒާހިރު ބިލްޑިން (ފޭސް-1) - 274
  • ހިޔާ ޓަވަރު- 10 ގެ ޔޫތު ސެންޓަރު (ފޭސް-2) - 416

ހިޔާ ޓަވަރު- 10 ގެ ޔޫތު ސެންޓަރު (ފޭސް-2) ގައި މިހާރު ހަނޑޫ އަދި ފުށް ދޫކުރި ނަމަވެސް މި ރެއިން ފެށިގެން ދޫކުރާނީ ވިނަރެސް ޓަވަރު 10 ގައެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރުން ކުރިއަށް ދާނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް ކަމުގައި ވިޔަސް ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް އަދި ރޭގަނޑު 21:00 އިން 23:30 އަށެވެ. ނަމަވެސް މުލަ ރޯދަ ދުވަހާއި ހުކުރު ދުވަސްތަކުގައި ނުބަހާނެއެވެ.

މި ކަމަކީ އެސްޓީއޯ އިން ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާ ގުޅިގެން ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ ކަމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އެ މުދާ ގޭބީސީ ތަކަށް ދޫކުރާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

މީގެއިތުރުން ހަދިޔާ ދޫކުރަން ހަމަޖެހިފައި ވަނީ ދިވެހިންނަށް އެކަނިކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހަނޑޫ އަދި ފުށް ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.