ޕޮނޮގްރަފީ ނުވަތަ ބަރަހަނާ ސައިޓް ތަކަކީ އިންޓަނެޓުގެ ހިދުމަތް ދޭ ފަރާތްތަކަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ އެއްބާތުގެ ސައިޓުތައް ކަމަށް ވިޔަސް އެއީ އިޖުތިމާއީ ފޭރާން ހަލާކު ކޮށްލައި މީޑިއަމެކެވެ.

ރާއްޖޭގައި ވެސް މިސަރުކާރު ފެށެންދެން ބަރަހަނާ ސައިޓުތައް އާންމުކޮށް ދޫކޮށްލާފައި އޮތް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާލުވިފަދައިން ގިނަ ސައިޓްތައް ވަނީ ބްލޮކޮށް ކޮށްފައެވެ.

ތަޅު އަޅުވާފައި ހުއްޓަސް އެކިއެކި ޕްރޮކްސީތައް ބޭނުންކޮށްގެން އެ ސައްޓިތައް ވަންނަ މީހުން އުޅުނު ނަމަވެސް އާންމުކޮށް ވަދެވޭގޮތަށް އޮތް އޮތުމަށް ވަނީ ނިމުމެއް އައިސްފައެވެ.

ރާއްޖެއިން އެފިޔަވަޅު އެޅުމުގެ މާކުރިން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބަރަހަނާ ސައިޓްތަކުގައި ވަނީ ތަޅުއަޅުވާފައެވެ. ޔޫރަޕްގައި ވެސް ތަޅު އަޅުވާފައި ވީ ނަމަވެސް ޔޫރަޕުން ތަޅު އަޅުވަނީ އެފަދަ ސައިޓްތަކަށް މަހެއްގެ މައްޗަށް ޖެހޭ އެވްރެޖް ހިޓްސް 45 މިލިއަނަށް އަރާނަމައެވެ. އެގޮތުން ޔޫރަޕްގައި ހިޓްވި ލިސްޓުގައި ޕޯންހަބާއި އެކްސްވީޑިއޯ ހިމެނޭ އިރު, އެ ސައިޓްތައް ހިންގާ ފަރާތްތަކުން ވަނީ ޔޫރަޕުން އެކަން ކުރީ ބަލަންވާ ވަރަށް ނުބަލާ ކަމަށް ބުނެ ކޯޓަށް ގޮސްފައެވެ. ޔޫރަޕްގެ އާ ޕޮލިސީ ބުނާގޮތުން އެފަދަ ސައިޓްތަކަށް ވަނުމުގެ ހުއްދަ ދޭން އޭޖް ކެޓަގަރީ ]އުމުރު ފުރާ" ކޮންމެހެން ކަނޑައަޅަން ޖެހެއެވެ. އެ އުމުރުފުރައަށް ނުފެނޭނަމަ ނުވަދެވޭނެ ކަމަށާއި އަދި މަހަކު 45 މިލިއަނަށް ވުރެ މަތިން ހިޓްސްލިބޭ ނަމަވެސް ނުވަދެވޭނެ ކަމަށް ބުނެފައި ވެއެވެ.

ކޯޓަށް ދިޔަ ބަރަހަނާ ސައިޓްތަކުން ބުނީ އެމީހުންގެ މަހެއްގެ ޓްރެފިކަކީ 32 މިލިއަނެއްހާ މީހުން ކަމަށާއި އެހެން ކަމުން ޔޫރަޕުން އެކަށައެޅި އުސޫލު އެމީހުންގެ މައްޗަށް ހިނގައިގެން ނުވާނެ ކަމަށެވެ.