ދުނިޔޭގެ އެންމެ މުއްސަނދިން ލިސްޓު ކުރާ ފޯބްސްގެ އެންމެ އުހަށް އެމޭޒަން ގެ ފައުންޑަރު ޖެފް ބެޒޯސް އަރައިފިއެވެ.

ފޯބްސް އިން މިއަދު އާންމު ކުރި ލިސްޓުގައި ބުނެފައި ވަނީ ބެޒޯސް އަށް މިއަހަރުގެ މިހާތަނަށް 24 ބިލިއަން ޑޮލަރު އިތުރު ވި އިރު ޓެސްލާ ކުންފުނީގެ ވެރިޔާ އިލޮން މަސްކް އަށް މިއަހަރު 31 ބިލިއަން ޑޮލަރު ގެއްލިފައި ނުވަތަ ދަށަށް ގޮސްފައި ވާ ކަމަށެވެ.

މިއާއެކު 200 ބިލިއަން ޑޮަލރުގެ އާމްދަނީ އަކާ އެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު މިހާރު އޮތީ ބެޒޯސް އަށެވެ. ދެވަނަ ދަމަހައްޓަމުން ދަނީ 198 ބިލިއަން ޑޮލަރާއެކު މަސްކް އެވެ.

ބިލިއަނަރުންގެ ލިސްޓު ފޯބްސް އިން ދަމަހައްޓަނީ ސްޓޮކްމާކެޓުގައި އެމީހުންގެ ވިޔާފާރިތަކަށް ކުރިއެރުން އަންނަ ގޮތާއި ދަށަށް ދާ ގޮތް ބަލައިގެންނެވެ. ސްޓޮކް މާކެޓުގެ އެންމެ ބޮޑު ޝެއާއެއް ހިއްސާ ކުރަނީ ބިލިއަނަރުން ކަމަށް ވާ އިރު ސްޓޮކް މާކެޓުގެ އަގުތަކަށް އަންނަ ބަދަލާ އެކު އާމްދަނީ މަތިވެ އަދި ދަށްވަމުން ދެއެވެ.

އެމޭޒަންގެ ޝެއާ މިއަހަރު 18 ޕަސެންޓުން ކުރިއަރާފައި ވާ އިރު ޓެސްލާގެ ޝެއާއިން ވަނީ 24 ޕަސެންޓު ވެއްޓިފައެވެ.

މިހާރުވެސް އީ ކޮމާސްގެ ވިޔަފާރީގައި އެންމެ ވަރުގަދަ ބެޒޯސްގެ ޝެއާގެ ތެރެއިން 8.5 ބިލިއަން ޑޮލަރުގެ ޝެއާ ހުސްވި މަހު ވިއްކި ނަމަވެސް އަދިވެސް 9.56 ޕަސެންޓުގެ މާކެޓް ޝެއާ އާ އެކު އެންމެ ބޮޑު ހިއްސާއެއް އޮތީ ބެޒޯސްގެ އަތުގައެވެ.

މުއްސަދިންގެ ލިސްޓުގެ 3 ވަނަ ލަކްޒަރީ ތަކެތި ވިއްކާ އެލްވީއެމްއެޗް 197 ބިލިއަން ޑޮލަރާއެކު ދަމަހައްޓަމުން ދާ ބާނާޑް އާނޯލްޓާއި ބެޒޯސް އަދި މަސްކު، 1،2،3 ގައި ހިފަހައްޓަމުން އަންނަތާ 2-3 އަހަރު ވަނީ ވެފައެވެ.