ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ އަދި ބ އަތޮޅަށް ފުރާވަޑައިގެންފިއެވެ.
ރ އަދި ބ އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެ 2 އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، 2 އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި 2 އަތޮޅުގެ އަތޮޅު ކައުންސިލާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފަިވެއެވެ.
އަތޮޅު ތެރެއަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުތަކަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުގެ އިތުރުން އަތޮޅުތަކާއި ރަށްތައް އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކެކެވެ.
ރައީސް ވިދާޅުޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމަށެވެ.
މިދިޔަ ފެބްރުވަރީމަހުގެ ތެރޭގައި ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް އެމަނިކުފާނު ބައްދަލުކުރެއްވެވިއެވެ.
މީގެއިތުުން ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަދި ނ އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި ތަރައްގީގެގެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޞޯލިޙު ރަށްރަށަށްގޮސް ވިއްކާނެ އެއްޗެއް ނޯންނާނެ. އޭނާގެ ވެރިކަމުގައި ޖީއެސްޓީ ބޮޑުކުރި، ކޮތަޅުން ޓެކްސްނެގި، އިރުއޮއްސިފަ އިރުއަރާއިރު އިވެނީ އެތައް މިލިއަން ޑޮލަރެއްގެ ލޯނު ނަގާވާހަކަ، އަނެއްދުވަހު އިވޭނީ މިތައް މިލިއަން ރުފިޔާ ޗާޕްކުރާ ވާހަކަ. ޖެހިގެން އަންނަ ދުވަހު އިވޭނީ މިތައް މިލިއަން ރުފިޔާގެ ޓީބިލް ވިއްކާ ވާހަކަ. އެއާ ޖެހިގެން އަންނަ ދުވަހު އިވޭނީ ދައުލަތުގެ މިވެނި އެވެނި ތަންތަން ރަހުނު ކޮށް ފައިސާ ނަގާވާހަކަ. މިހާރުވެސް މިއޮއް ހިނގަނީ ސަރުކާރެއް ރައްޔިތުންގެ ޖީބަށް ފުންމާލައިގެން ރައްޔިތުން ފެލައެއް ނުހަދާ. ވީމާ ތިޔަ ފެއިލިއަރުން ދައްކާ ވާހަކަ އަޑުނާހާ ފައްސާލުން އެއްމެ ރަގަޅުވާނީ.