މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، އެއީ ގޮދަން ފުށްކަމުގައި ބުނި މީހެއްގެ ބަންދަށް 5 ދުވަސްޖަހައިފިއެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ އެމީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕީއައި، އޭއެމްޕީ އަދި ބެންޒޯއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބަޔާނުންވެސް އޭނަ މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ބުނެފައިވާކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާ އަތުން އަތުލާގަނެވިފައިވާ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން ޓްރެފިކް މިންގަނޑަށް އަރާފައި ނުވާކަމަށް ބުނެފައެވެ. އެހެންކަމުން އޭނާގެ ބަންދަށް ފަސް ދުވަސް ދިނުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ރާއްޖޭގައި މަސްތުވާތެކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މި އަހަރުގެ ޖަނުއަރީ މަހު އެކަނިވެސް މި ބާވަތުގެ 151 މައްސަލަ ވަނީ ހުށަހަޅާފައެވެ.