މިރޭގެ ވަގުތެއްގައި ދުނިޔޭގެ ސަތަހައިގެ ތެރެއަށް އީއާރްއެސް-2 ސެޓަލައިޓު ވައްޓާލަން ނިންމާފައިވާ ކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނެފިއެވެ.
ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނެފައިވާ ގޮތުގައި އެ އެޖެންސީގެ ސެޓަލައިޓް އީއާރްއެސް-2 ސެޓަލައިޓު ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވައްޓާލަން ނިންމި ނަމަވެސް އެކަމުގެ ނުރައްކަލެއް ނޯންނާނެއެވެ. މި ގޮތުން އީއާރްއެސް-2 ދުނިޔޭގެ ސަތަހައަށް ވަނުމާއެކު ދުނިޔެ އާ 80 ކިލޯމީޓަރު މަތީގައި އެ ސެޓަލައިޓު އަނދައިގެން ދާނެ ކަމަށް އެ އެޖެންސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އެޖެންސީ އިން ބުނީ އެ ސެޓަލައިޓުގެ އަޅި ދުނިޔެއަށް ފޭބުން އެކަށީގެން ވާކަމަށާ އެހެން ނަމަވެސް އެ އަޅިތައް ފައިބާނީ ދުނިޔޭގެ ކޮން ހިސާބަކަށް ކަން ސީދާ ބުނަން ދަތިކަމަށެވެ. މި އަޅިތަކުގެ ސަބަބުން އެއްވެސް ނުރަކަލެއް ނެތްކަން ފާހަގަކޮށް ސްޕޭސް އެޖެންސީ އިން ބުނީ މިކަމާ ގުޅޭ ހުރިހާ ހަބަރަކާއި މައުލޫމާތެއް ވަގުތުން ގެނެސްދޭނެ ކަމަށެވެ.
މި ސެޓަލައިޓު ސީދާ ވައްޓާލާނެ ވަކި ވަގުތެއް އަދި ޔަގީންކޮށް ބުނަން ނޭނގޭއިރު، ސްޕޭސް އެޖެންސީން އިން ބުނީ ދުނިޔޭގެ ސަތަހައިގެ ތެރޭގައި ހިނގާ ކަންތައްތަކާ ގުޅިގެން މިހާރު ސެޓަލައިޓް ވައްޓާލަން ނިންމާފައިވާ ގަޑިއަށް ބަދަލެއް އަތުވާދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބަރުދަނުގައި 2.2 ޓަނު ހުރި އީއާރްއެސް-2 އަކީ އެޕްރީލް 21، 1995 ގައި ލޯންޗުކުރި ސެޓަލައިޓެކެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނީ އެ ސެޓަލައިޓަކީ ދުނިޔޭގެ ކަނޑުތަކާއި ބިންހެލުންތަކާއި ފެންބޮޑުވުންތަކާއި ބިމުގެ ސަރަހައްދުގެ ކަންތައްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ބޭނުން ކުރި ސެޓަލައިޓެއް ކަމަށެވެ. އޭތި ވައްޓާލުމަށް ނިންމީ އޭގެ މަސައްކަތް ނިމުމާ ގުޅިގެންނެވެ.