މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް24 ފޯނު ޕްރީއޯޑާ ކުރި ކަސްޓަމަރުންނަށް އުރީދޫއިން ފޯނު ހަވާލުކޮށް ޑެލިވެރީ ފަށައިފުއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް24 ފޯނުތައް ޕްރީއޯޑަރު ކުރި ފުރަތަމަ ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރުމަށް ޑެލިވެރީ ފަށާފައިވާ ކަމަށެވެ. މޫލީއިން ސެމްސަން ގެލެކްސީ އެސް 24 ފޯނަށް ޕްރީ އޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ 00:00 ގައެވެ.

އެސް24 ފޯނު ބަލައިގަންނަ ކަސްޓަމަރުންނަށް މި އޮފާގެ ދަށުން ލިބޭ ފައިދާތަކަކީ ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއަކާއި، 100 ޖީބީ ބޯނަސް ޑޭޓާ އާއި، އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފާއެވެ. މީގެ އިތުރުން އެޑޯބީ އެކްސްޕްރެސްގެ 2 މަހުގެ ޕްރީމިއަމް އޮފާ އަކާއި ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000 ރުފިޔާގެ މޫލީ ވައުޗާއެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މޯލްޑިވްސް ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބު އުސް ކުންފުނިތަކާއެކު ވަރަށް ގާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.