މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ވަރަށް ހާއްސަ އޮފާއެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

އުރީދޫ އިން ބުނީ ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސްދުވަހު ރެހެންދި ޓާފު، ހުޅުމާލޭގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުން އުރީދޫގެ ސާވިސް އެއް ނަންގަވައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއްކަމަށެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. މި އޮފާގައި އުރީދޫ އިން އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ވަނީ ހިމެނިފައެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މާރިޗު މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށް ކަމަށެވެ. ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެއެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.