ދުނިޔޭގެ ނަން މަޝްހޫރު ޕްލޭޔާ ބްރެޒީލްގެ ނޭމާ ބްރޭންޑް އެމްބެސެޑަރުކަން ކުރާ "އެބަވް" ކޮސްމެޓިކްސް ރާއްޖެއަށް ތއާރަފް ކޮށްފިއެވެ.
ކޮސްމެޓިކްސް ގެ ދާއިރާގައި އާންމުކޮށް ހުންނަ ބްރޭންޑް ތަކުގެ މައްޗަށް އެބަވް ހާއްސަ ވާ އެއް ސަބަބަކީ އެ ޕްރޮޑަކްޓަކީ މުޅިން ގުދުރަތީ ތާސީރުތަކުން ތަރައްގީ ކޮށް އަލްކަހޯލް ނުހިމެނޭ އަދި ހަށިގަނޑައް ގެއްލުން ނުލިބޭ ގޮތަށް އުފައްދާފައި ވާ ޕްރޮޑަކްޓަކަށް ވުމެވެ. ދެވަނަ ކަމަކީ، އެބަވް ގެ ޕްރޮޑަކްޓްތަކުގައި އެކުލެވޭ މީރު ވަސްތައް 72 ގަޑިއިރަށް ދެމި ހުރުމެވެ. މީގެ އިތުރުން ގައިގައި ތަތްލެވުން ނުހުރުމާއި ހެދުމުގައި ކުލަ ޖެހި ނުވަތަ ލައް ނުޖެހުމަކީވެސް އެބަވް ގެ ހާއްސަ ސިފައެކެވެ.
ރާއްޖެއަށް އެބަވް ތައާރަފް ކުރި "ފިނިކްސް ގްރޫޕު" އިން ބުނީ، މި ޕްރޮޑަކްޓުގައި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ކޮސްމެޓިކްސްގެ އިތުރުން ޖެން ޒީ ނުވަތަ ޒުވާނުންނަށް ހާއްސަ ޕްރޮޑްކްޓް ތައް ހިމެނޭ ކަމަށެވެ. އެގޮތުން ޓީން ކެޓަގަރީގެ ދެޖިންސުގެ ޒުވާން ކުދިންނަށް ހާއްސަ ކޮސްމެޓިކްސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އެބަވް ޕްރޮޑަކްޓް ރޭންޖް؛
- އަންހެނުންނަށް ހާއްސަ ބޮޑީ ސްޕެރޭ، ރޯލް އޯން އަދި ޝޭމްޕޫ އާއި ކޮންޑިޝަނާ
- ފިރިހެނުންނަށް ހާއްސަ، ބޮޑީ ސްޕްރޭ، ރޯލް އޯން އަދި ޝޭމްޕޫ އާއި ކޮންޑިޝަނާ
- ޓީން އަށް ހާއްސާ ބޮޑީ ސްޕްރޭ
- ޔުނިސެކްސް އަށް ހާއްސަ ބޮޑީ ސްޕްރޭ
- ސަން ޕްރޮޓެކްޝަން ސްޕްރޭ
- އިންސެކްޓް ރެޕްލެންޓް ސްޕްރޭ
- އަންހެނުންގެ ޕްރައިވެޓް ޕާޓަށް ޖަހާ ސްޕްރޭ
- ކުޅިވަރުގައި ލިބޭ އަނިޔާތަކުގައި ބޭނުން ކުރާ ސްޕްރޭ
މީގެ އިތުރުން މަސައްކަތުގެ މާހައުލުގަ އާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އިރު ހަށިގަނޑުގައި އުފެދޭ އުދާސް ނުވަތަ ދާހިއްލުމުން އުފެދޭ ނުބައިވަސްތައް ކަނޑުވާލާ ޕްރޮޑަކްޓް ލައިން އެއް ވެސް ހިމެނެއެވެ. ދެ ޖިންސުގެ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައި ވާ މި ޕްރޮޑަކްޓް ރޭންޖްގައި އަންހެނުންގެ ޕްރައިވެޓް ގުނަވަނަށް ޖަހާ ސްޕްރޭ އަކާއި އަރައިގެން ހުންނަ ބޫޓު ނުވަތަ އާމްޕިޓް އިން ދުވައި ދާވަސް ނުވަތަ ބަބުރު ވަސް ފިލުވާލައި ޕްރޮޑަކްޓް ހިމެނެއެވެ.
މީގެ އިތުރުން ކުޅިވަރުތަކުގައި އުޅޭ އިރު ލިބޭ އެކިއެކި އިންޖަރީތަކުގެ ސަބަބުން ތަދުވާ ތަންތަނަށް ޖަހާ ސްޕްރޭވެސް އެބަވް ރޭންޖްގައި ހިމެނެއެވެ.
އެބަވްގެ އަނެއް ހާއްސަ ޕްރޮޑަކްޓަކީ، އަތްވައް ނިކުތުމުގެ ކުރިންނާއި އަވީގައި އުޅުމަށް ފަހު ހިޔަލަށް ނުވަތަ ގެއަށް ވަނުމަށް ފަހު ޖަހާ 'ބިފޯ ސަން އާއި އާފްޓާ ސަން' ގެ ޕްރޮޑަކްޓު ރޭންޖެވެ. ބާޒާރުގައި ހުންނަ ސަން ލޯޝަނާ ހިލާފަށް އެބަވްގައި ހުންނަނީ ސަން ސްޕްރޭ ކަމުން، ބޭނުން ކޮށްލަން ފަސޭހަ ވުމުގެ އިތުރުން މަދުވެގެން 40 މިނެޓުގެ ރައްކާތެރިކަން ލިއްބައިދެއެވެ. އަދި މޫދަށް އެރި އުޅުމުގައާއި ތެމިގެން އަވީގައި އުޅެން ޖެހޭ ހާލަތުގައިވެސް މި ޕްރޮޑަކްޓް ބޭނުން ކުރުމުން ރައްކާތެރިކަން ލިއްބައިދެއެވެ.
އެބަވް ގައި ހިމެނޭ އަނެއް ރޭންޖަކީ ގައިގެ ހަމަށް ގެއްލުން ނުލިބޭ ގޮތަށް ނުވަތަ ހަންގަނޑަށް ހާއްސަކޮށް ޑާމަޓޮލޮޖިސްޓުން ޓެސްޓް ކޮށް އުފައްދާފައި ވާ "ޑާމަ ކްލިނިކަލް" ޕްރޮޑަކްޓް ތަކެވެ.
މީގެ އިތުރުން ހިމެނޭ ޝޭމްޕް ރޭންޖަކީ އިސްތަށިގަނޑަށް ލިބިފައިވާ ގެއްލުމަށް ހައްލު ހޯދާދީ, ބޮލަށް ދިމާވާ ޑޭންޑްރަފް ފަދަ މައްސަލަތަކަށް ހައްލު ހޯދާދޭ ޝޭމްޕޫ އާއި ކޮންޑިޝަނާ އެވެ. މި ޝޭމްޕޫއިން އިސްތަށިގަނޑު ދުޅަހެޔޮ ކޮށްދޭނެއެވެ. މި ބްރޭންޑުގައި އެކަނި ޝޭމްޕޫ ބޭނުން ކުރާ ފަރާތްތަކަށް ހާއްސަ ތްރީ އިން ވަން ޝޭމްޕޫ ވެސް ހުރެއެވެ.
އެބަވްގެ އިންސެކްޓް ރެޕްލެންޓް ސްޕްރޭ އަކީ، މަދިރި ފަދަ އިންސެކްޓް ތައް ގައިގައި ހެފުމުން ރައްކާތެރި ކޮށްދޭ ސްޕްރޭއެކެވެ. ދަތުރު ދާއިރު އާއި ވަލަށް ވަދެ ހަދާ އުޅޭ އިރު މި ސްޕްރޭ ޖަހާލުމުން މަދިރި ފަދަ އެއްޗެހި ހެފުމުން ރައްކާތެރި ކޮށްދޭކަމުގެ ޔަގީންކަން ޕްރޮޑަކްޓް އުފެއްދި ފަރާތުން ދީފައި ވެއެވެ.
ތާޒާކަން އިހުސާސް ކޮށްލުމަށާއި ފްރެޝްކޮށް ހުރުމަށްޓަކައި ބޭނުން ކުރަން 'މަރެއް ފަދަ' އެބަވް ޕްރޮޑަކްޓް ތަކަކީ ފެންވަރުގެ ގޮތުން ބާޒާރުގައި ނެތް ވަރުގެ ރައްކާތެރި ޕްރޮޑަކްޓް ތަކެކެވެ. އަގުގެ ގޮތުންވެސް ހެޔޮ އަދި ގިނަ ވަގުތު ވަސް ހުންނަ މި ޕްރޮޑަކްޓް މިހާރު ފިނިކްސް އިން ހޯލްސޭލް ކުރަމުން އެބަގެންދެއެވެ.