މިއަހަރު އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދޭ ހާއްސަ އޮފާގެ ތެރޭގައި އާޗާގެ ޑޭޓާގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫން ބުނީ، އާޗާ 6 މަހުގެ ޕްލޭނެއް ކަސްޓަމަރުންނަށް ބޭނުން ކުރެވޭ އިރު، 6 މަސްދުވަހުގެ މުޅި ޕެކޭޖަށް ދައްކަން ޖެހޭނީ 2024 ރުފިޔާ ކަމަށެވެ. އެއާއެކު 6 މަސް ދުވަހުގެ މައްޗަށް 720 ޖީބީ ލިބިގެން ދާނެ ކަމަށް އުރީދޫން ބުނެއެވެ.
މި 720 ޖީބީ ކަސްޓަމަރުންނަށް ބޭނުން ކުރެވޭނީ ދުވާލަކު 4 ޖީބީގެ މަގުންނެވެ. ކޮންމެ ދުވަހަކު 4 ޖީބީ ބޭނުން ކުރެވޭ މި ޕެކޭޖްގެ އިންޓަނެޓް ސްޕީޑް ހަލުވި ވާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
މި ޑޭޓާ ޕެކޭޖަކީ ސްޓްރީމިން އަދި ގޭމިންއަށް ހާއްސަކޮށް ފަަރުމާ ކޮށްފައިވާ ޕެކޭޖެއް ކަމަށް ވެސް އުރީދޫން ބުނެއެވެ.
އުރީދޫ އާޗާ 6 މަހުގެ ޕްލޭން ނަގަން ބޭޏުންވާ ނަމަ މި ލިންކް މެދުވެރިކޮށް ޕްލޭން ހިޔާރުކުރެވޭނެއެވެ.