ވިއްސާރާގައި ގެއްލުންވެ 144 ގެއަކުން އެހީއަށް އެދުނު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މާލެގެ އިތުރުން ރަށެއްގައި ފެންބޮޑުވެގެން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ މާލެ, ތ. ގުރައިދޫ، ތ. ދިޔަމިނގިލި، ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

އޭގެތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާލޭގެ ގެތަކަށް ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. 144 ގެއަކުން ގުޅައި އެހީތެރިކަމަށް އެދިފައި ވާއިރު، 132 ގެއަކަށް އެހީތެރިަކަން ފޯރުކޮށް ދެވިފައިވާ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ 91 ގެއެއްގައި ވެލިބަސްތާ ޖައްސާފައިވާ ކަމަށެވެ. އަދި 8 ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސާފައިވާ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެ ބޮޑަށް ފެން ހެދިފައި ވަނީ މާލޭގައި ކަމަށް ވާއިރު، ޕަންޕު ބޭނުންކޮށްގެން މިހާތަނަށް މިހާތަނަށް 13،875 ހިންދާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެ މަސައްކަތުގައި މިވަގުތުވެސް 8 ސަރަހައްދެއްގައި 17 ޕަންޕު ބޭނުންކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.