2024 އަށް މަރުހަބާ ކިއުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް 5ޖީ، މޯބައިލް އަދި ސުޕާނެޓްގެ ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.

އާ އަހަރާ ގުޅިގެން އުރީދޫއިން ތައާރަފް ކުރި މި އޮފާތައް މިރޭ 12:00 އިން ފެށިގެން ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

5ޖީ އެކްސްކުލޫސިވް އެޑް-އޮންސް

އާ އަހަރާއި ދިމާކޮށް ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ އަށް ހާއްސަ އެކްސްކުލޫސިވް އެޑް އޮން ތަކެއް އުރީދޫއިން ތައާރަފް ކޮށްފައިވާއިރު ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްގައި 5ޖީ ބޭނުން ކުރާ ކަސްޓަމަރުންނަށް ވެސް މި އޮފާތައް ބޭނުން ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

  • 5ޖީ ޑޭޓާ 600: 54 ޖީބީ ، 30 ދުވަހަށް 600 ރުފިޔާ އަށް
  • 5ޖީ ޑޭޓާ 750: 120 ޖީބީ ، 30 ދުވަހަށް 750 ރުފިޔާ އަށް
  • 5ޖީ ޑޭޓާ 1100: 160 ޖީބީ ، 30 ދުވަހަށް 1100ރުފިޔާ އަށް

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް

އުރީދޫއިން ވަނީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފާތަކެއް ހިމަނާފައެވެ. އެގޮތުން "ސޯޝަލް އަންލިމިޓަޑް ޕްލޭން"ގެ ދަށުން 24 ގަޑިއިރަށް 24 ޖީބީ ޑޭޓާ 25 ރުފިޔާއަށް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މި އޮފާއާއެކު ސޯޝަލް މީޑީއާ އަންލިމިޓަޑް (ވީޗެޓް، ވައިބާ، ވަޓްސްއަޕް، ޓެލެގްރާމް، ސްނެޕްޗެޓް، ޓްވިޓާ، އިންސްޓަގްރާމް) އަދި އޫރީދޫ ނަންބަރު ތަކަށް ގުޅުން މުޅިން ހިލޭ ގުޅާލެވޭނެއެވެ.

  • އާޗާ 6 މަހުގެ ޕްލޭން: ދުވާލަކު 4 ޖީބީ، 6 މަހަށް 2024 ރުފިޔާއަށް (މުޅިއަކު 720 ޖީބީ)
  • އާޗާ އަހަރީ ޕްލޭން: ދުވާލަކު 1 ޖީބީ، 365 ދުވަހަށް 3000 ރުފިޔާއަށް (1 އަހަރަށް 365 ޖީބީ)

ސުޕާނެޓް އޮފާ

ސުޕާނެޓަށް އަލަށް ރެޖިސްޓާ ކުރާ ފަރާތްތަކުގެ ތެރެއިން، 400 ރުފިޔާއިން މަތީގެ ޕެކޭޖުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް 100ޖީބީ ބޯނަސް ޑޭޓާ ލިބޭ އޮފާއެއް ވެސް އުރީދޫއިން ވަނީ ތައާރަފްކޮށްފައެވެ. އަދި މި ޑޭޓާ 3 މަހަށް ބޭނުންކުރެވޭނެއެެވެ.

5ޖީ އެއާފައިބާ

މި އޮފާގައި އެއާފައިބާ އަލަށް ރެޖިސްޓާކޮށް 999ގެ ޕެކޭޖަށް ވުރެ މަތިން ނަންގަވާ ކަސްޓަމަރުންނަށް، އެއާފައިބާ ޑިވައިސްއެއް ހިލޭ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.