މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ 2024 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހް ކޮށްފިއެވެ.

އެ ކުންފުނިން މިއަދު އިފްތިތާހް ކުރި ކަލަންޑަރު ފަރުމާ ކޮށްފައި ވަނީ އޯޓިޒަމް ކުދިންގެ ހުނަރު ދައްކުވައިދޭ ގޮތަށެވެ. އެމްއޭސީއެލް އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާ ގުޅިގެން ތައްޔާރުކުރި މި ކަލަންޑަރުގައި ހިމަނާފައިވަނީ އެ ސެންޓަރުގެ ދަރިވަރުންގެ ކުރެހުންތަކެވެ.

2024 ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންގެ ހުނަރަށް ހާއްސަކުރެވުނު ސަބަބަކީ އެފަދަ ކުދިންނަކީވެސް ތަފާތު ހުނަރުތައް ހުރި ކުދިންކަން މުޖްތަމައު އަށް އަންގައިދިނުމުގެ ބޭނުމުގައި ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދިނެވެ. އަދި އެކުދިންނަކީ ތަފާތުތަކާއި އެކު ވެސް މުޖްތަމައު ބަލައިގަންނަ ބަޔަކަށް ހެދުމުގެ އިތުރުން މުޖްތަމައުން އެފަދަ ކުދިންނާއި މެދު ދެކޭގޮތް ރަނގަޅު ކުރުމަށް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލް 2024 ވަނަ އަހަރުގެ ކަލަންޑަރުފަރުމާ ކޮށްފައި ވަނީ އޯޓިޒަމް ކުދިންގެ ހުނަރު ދައްކުވައިދޭ ގޮތަ

"ހިތްހަމަޖެހުމާއި އުފާވެރިކަން" މި މައުލޫއަށް ކުދިން ކުރަހާފައިވާ ކުރެހުންތަކުގައި އެ ކުދިން އެންމެ އުފާވާ ކަންކަމުގެ ޝުއޫރުތައް ވަނީ ގެނެސްދީފައެވެ.

މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިކަލަންޑަރު ނެރެދެއްވީ އެމްއޭސީއެލްގެ ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ތޯހާއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯހާ ވިދާޅުވީ އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުންތައް ކުރިއަށް އޮތް އަހަރުގެ ކަލަންޑަރުގައި ހިމެނުމީ އެހެން އަހަރު ތަކަށްވުރެ 2024 ވަނަ އަހަރުގެ ކަލަންޑަރު ހާއްސަވާ ސަބަބެއް ކަމަށެވެ.

އެމްއޭސީއެލް 2024 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

2024 ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންނަށް ހާއްސަކުރުމުގެ އިތުރުންވެސް، ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ ކުދިންނަށް ހިތްވަރުދީ ފުރުސަތު ފަހިކޮށްދިނުމަށް އެމްއޭސީއެލް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.