މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމު ހިންގުމަށް ނަގާ އިދާރީ ފީ ކުޑަކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިފިއެވެ.
ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން ސްކީމް ހިންގުމަށް ނަގާ އިދާރީ ފީ ކުޑަކުރަން ޕެންޝަން ބޯޑުން ނިންމި ނިންމުން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށްފައެވެ.
މިގޮތުން ޕްރީ ރިޓަޔަމަންޓް ފަންޑުތަކާއި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން މިހާރު އަހަރަކަށް 0.6 ޕަސެންޓު ނަގަމުންދާއިރު ފީ ކުޑަކުރުމާއެކު ދެން ޕްރީ ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ 0.5 ޕަސެންޓެވެ.
އަދި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ 0.3 ޕަސެންޓު ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.
ޕެންޝަން އޮފީހުން ބުނީ، މިބަދައަށް އަމަލުކުރަން ފަށާނީ އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ފެންޝަން ސްކީމު ހިންގުމަށް ނަގާ އިދާރީ ފީއަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ނަގާ ފީއެކެވެ. ރާއްޖޭގެ އެންމެ ބޮޑު ފަންޑު ކަމަށްވާ ޕެންޝަން ފަންޑު އުފެދުނީ 2009 ވަނަ އަހަރެވެ.
ތިއަނަގަނީ ހަރާމް ފައިސާ ވަޒިީފާގަ އުޅޭމިީހާގެ އެއްވެސް ހުއްދައެއްނެތި ހަރަާމް ޤާނޫނު ހަދައިގެން ވަޒިިފަާގަ އުޅެޭމިިީހާގެ މުސާރައިން 7%ޕަސެންޓް ފައިސާނަގަނީ ހަރާމް އެއްޗެއް އެއީ