ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ބްރިޖަޓަން" ގެ ތިން ވަނަ ސީޒަން ސްޓްރީމްކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

އަންނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ މި ސީރީޒްގެ ކާމިޔާބު ދެ ސީޒަނެއް ވަނީ މިހާތަނަށް ގެނެސްދީފައެވެ. ދެ ބަޔަކަށް ބަހާލައިގެން ތިން ވަނަ ސީޒަން ގެނެސްދޭން ނިންމާފައިވާއިރު ފުރަތަމަ ނެޓްފްލިކްސްގައި ސްޓްރީމްކުރާނީ ހަތަރު އެޕިސޯޑެވެ. ސީޒަންގެ ދެވަނަ ބައި އަންނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ގެނެސްދޭއިރު މި ބައިގައި ވެސް ހިމެނޭނީ ހަތަރު އެޕިސޯޑެވެ. މާނައަކީ ބްރިޖަޓަންގެ ތިން ވަނަ ސީޒަންގައި މުޅިއަކު ހިމެނޭނީ އަށް އެޕިސޯޑެވެ.

ޖޫލިއާ ކުއިން ލިޔެފައިވާ ފޮތްތަކެއްގެ މައްޗަށް 2020 ގައި ނެޓްފިލިކްސް އިން ދައްކަން ފެށީ ސީރީސްއަކީ ފޭން ބޭސް ބޮޑު ޝޯ އެކެވެ. މި ފަހަރުގެ ސީޒަންގައި ފެނިގެންދާނީ ކޮލިން ބްރިޖިޓަން އާއި ޕެނެލޮޕީ ފެދަރިންޓަންގެ ލަވް ސްޓޯރީ އެވެ. ބްރިޖިޓަން އަކީ ނެޓްފްލިކްސްގައި މިހާތަނަށް އެންމެ ގިނަ މީހުން ބެލި ސީރީޒްގެ ރެކޯޑު ހެދި ސީރީޒްއެކެވެ. މި މަގާމު ކުރިން އޮތީ "ސްކުއިޑް ގޭމްސް" އަތުގައެވެ. ބްރިޖަޓަންގެ ފުރަތަމަ ސީޒަން ހާއްސަކުރީ ބްރިޖަޓަން އާއިލާގެ ޑެފްނީގެ ހަޔާތުގެ މައްޗަަށެވެ. ދެވަނަ ސީޒަންގައި ގެނެސްދީފައިވަނީ އެންތަނީގެ ލޯބީގެ ވާހަކަ އެެވެ.

ބްރިޖަޓަން އަކީ މަޝްހޫރު ސީރީޒް "ގްރޭސް އެނަޓަމީ" ޕްރޮޑިއުސަރު ޝޮންޑާ ރައިމްސްގެ ކުންފުނި ޝޮންޑާލޭންޑުން އުފައްދާ ޝޯ އެކެވެ.