އުރީދޫ ޑްރޯން ރޭސް 2023ގެ ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ބުރު މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވައިފިއެވެ.

އުރީދޫން ބުނީ، ސްކައި ވޯކާ ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު 30 ޕައިލެޓަކަށް ދީފައިވާއިރު، ކޮލިފައިން ރައުންޑުން މޮޅުވެ ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ 9 ޕައިލެޓެއް ކަމަށެވެ.

ސްކައި ވޯކާ ކެޓަގަރީގެ ޑްރޯން ޕައިލެޓުން ރޭސް ކޯހުގެ ތެރޭގައި ބަހައްޓާފައިވާ އޮބްސްޓެކަލް ހޫޕްތަކުގެ ތެރެއިން ޑްރޯންތައް ދުއްވާ ޕައިލެޓުންގެ ހުނަރު ދައްކާލާފައިވާ ކަމަށާއި އުމުރުން 13 އަހަރުގެ ޑްރޯން ޕައިލެޓެއް ވެސް ކޮލިފައިންގް ރައުންޑްގައި ބައިވެރިވެ ފައިނަލަށް ގޮސްފައިވާ ކަމަށް އުރީދޫން ވަނީ ފާހަގަކޮށްފައެވެ.

އުރީދޫން ބުނީ، އުރީދޫ ޑްރޯން ރޭސް 2023 ގެ ފައިނަލް އޮންނާނީ މި މަހުގެ 22 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. ފައިނަލް ރޭހުގައި ދެ ޑައިނަމިކް ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެ ކަމަށާއި މި ދުވުމަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ދުވުން ނިންމުމަށް ބައިވެރިން ވާދަކުރާ ދުވުމެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ހަމަޖެހިފައިވާ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

  • 1 ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް
  • 2 ވަނަ އިނާމު: 5ޖީ އެއާފައިބާ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)
  • 3 ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗާ

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

  • 1 ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީ އެއް
  • 2 ވަނަ އިނާމު: 5ޖީ އެއާފައިބާ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)
  • 3 ވަނަ އިނާމު: 1000 ރުފިޔާގެ މޫލީ ވައުޗާ

އުރީދޫން ބުނީ، ހުކުރުދުވަހުގެ ހެދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވާ ރާއްޖޭގެ އެންމެ ފުރަތަމަ ޑްރޯން ރޭސިން ކޮމްޕެޓިޝަން ކަމުގައިވާ އުރީދޫ ޑްރޯން ރޭސް ގެ ފައިނަލް ބަލާލުމަށް ޑްރޯން ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުރީދޫ މޯލްޑިވްސް އަދި އުރީދޫ ފަން ރަން 2023 ގެ ޕްރީމިއަމް ޕަރޓްނަރު، ސްޓެބިސިސްއިން ދައުވަތު އަރުވާ ކަމަށެވެ.