އެޕަލްގެ އެންމެ ފަހުގެ ސްމާޓް ގަޑި، އެޕަލް ވޮޗް ސީރީޒް 9 އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

އުރީދޫ އިން ބުނީ، ސްމާޓް ގަޑި އަޕްގްރޭޑް ކުރަން ޝައުގުވެރިވާ ކަސްޓަމަރުންނަށް މިހާރު އޮންލައިން މާކެޓްޕްލޭސް މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 9 އަށް އޯޑަރުކޮށްލެވޭނެ ކަމަށެވެ. އަދި މޫލީން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވާ ކޮށްދޭނެ ކަމަށެވެ.

މި ޑިވައިސްގެ ދެ ސައިޒެއް ލިބެން ހުންނާނެ ކަމަސް އުރީދޫން ބުނެއެވެ، އެ ގޮތުން ސީރީސް 9ގެ 41 މިލިމީޓަރުގެ އެޕަލް ވޮޗް ވިއްކާ އަގަކީ 8750 ރުފިޔާއަށެވެ. އަދި 45 މިލިމީޓަރު ގެ ގަޑި ވިއްކާ އަގަކީ 9250 ރުފިޔާއެވެ.

އެޕަލް ވޮޗް ސީރީޒް 9 ގައި ޒަމާނީ ޓެކްނޮލޮޖީ އާއެކު ތަފާތު ފީޗާތަކެއް ހިމެނެއެވެ. އެގޮތުން މި ސީރީޒް އަކީ މިހާތަނަށް އެޕަލް އިން ނެރުނު ސްމާޓް ގަޑި ތަކުގެ ތެރެއިން އެންމެ ވަރުގަދަ ޗިޕް ހިމެނޭ ގަޑިއެވެ. ހަމައެއާއެކު މި ގަޑީގައި ހިމެނޭ ޑަބަލް ޓެޕް ފީޗާ އާއެކު ސްކްރީނުގައި އަތްނުލައި އެޕަލް ވޮޗް ބޭނުން ކުރެވޭނެއެވެ.

ކުރީގެ އެޕަލް ވޮޗް ތަކާ އަޅާ ބަލާ އިރު ދެގުނަ އަލިގަދަ ޑިސްޕްލޭ އާއި ސިއްހަތާއި އެކްސަސައިޒް ކުރުމަށް ބޭނުން ކުރެވޭ ފީޗާތަކަށް ގެނެސްފައިވާ ބަދަލުތަކަކީ ވެސް ފާހަގަކޮށްލެވޭ ބަދަލެކެވެ. މި އާ ފީޗާތަކާއެކު އެޕަލް ވޮޗް ސީރީޒް 9 ގެ ބޭނުންތެރިކަން އިތުރުވެ، ބޭނުންކުރަން ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެއެވެ.

އެންމެފަހުގެ އެޕަލް ވޮޗް ސީރީޒް 9 މޫލީ މެދުވެރިކޮށް ގަންނަން ބޭނުންވާ ނަމަ މި ސައިޓަށް ޒިޔާރަތް ކޮށްލުމަށް އުރީދޫން ބުނެއެވެ. މޫލީގެ އިތުރުން އުރީދޫ މޯލްޑިވްސް އެކްސްޕީރިއަންސް ސެންޓަރުތަކުން ވެސް އެޕަލް ވޮޗް ސީރީޒް 9 ތަޖުރިބާކޮށް ގަނެވޭނެއެވެ.