ވޯލްޑް ޓްރެވަލް އެވޯޑްސްގެ "2023ގެ ޓްރެވަލް ޕާސަނަލިޓީ" އެވޯޑް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ލިބިވަޑައިގެންފިއެވެ.

މައުސޫމު މި އެވޯޑު ހާސިލްކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަގުބޫލު އެއް އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ވަނަތަކަށް އެވޯޓު ދިނުމަށް ބޭއްވި ހަފްލާގައެވެ.

ދުބާއީގެ މަޝްހޫރު "ބްރިޖު އަލް އެރެބް" ހޮޓަލުގައި ރޭ ބޭއްވި ހަފުލާގައި، ރާއްޖެއަށާއި ރާއްޖޭގެ ޓްރިޒަމް ހިދުމަތްދ އަމިއްލަ ފަރާތްތަކަށް ވެސް މުޅި ދުނިޔޭގެ އެއްވަނައިގެ ގޮތުގައި އެވޯޑްތައް ލިބިފައިވާ ކަމަށް ވޯލްޑް ޓްރެވަލް އެވޯޑްސް އިން ވަނީ ހާމަ ކޮށްފައެވެ.

އެގޮތުން ވިދިވިދގެން 4 ވަނަ ފަހަރަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއިން ކާމިޔާބު ކޮށްފައި ވާއިރު އަލަށް ދޭންފެށި ރިސެލިއެންސް އެވޯޑް ހާސިލުކުރި 5 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާ ކަމަށް ވެސް ވޯލްޑް ޓްރެވަލް އެވޯޑްސް އިން ހާމަ ކޮށްފައި ވެއެވެ.

މީގެއިތުރުން ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު 20230ގެ ގޮތުގައި އެމްއެމްޕީއާރުސީ ހޮވުމާ، އެމްއެމްޕީއާރްސީގެ ކުރީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދު އަށް "ސްޕެސަލް އެޗީވްމަންޓް 2023" އެވޯޓް ލިބިފައި ވާއިރު އަދި ޓީއެމްއޭއަށް ވޯލްޑްސް ލީޑިން ޕްލޭން އޮޕަރޭޓަރުގެ އެވޯޑު ލިބިފައިވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.