އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަރީ ވުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ރޭ (މާދަމާ ރޭ) 12 ޖަހުމާ ހަމައަށް ހުޅުވާލާފައިވާކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު 5 ނޮވެމްބަރުގައި ހުޅުވާލެވިފައިވާ އިރު، އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެންމެ ބޮޑު ދުވުމެވެ. މި އަހަރު ބާއްވަން ހަމަ ޖެހިފައިވާ ފަން ރަން ގެ ބައިވެރިންނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރޫދީ އިން ތަފާތުކަންތައްތަކެއް ވަނީ ރާވާފައެވެ. މިގޮތުން އުރީދޫއިން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

އުރީދޫ އިން ވަނީ ފަން ރަން ބިބް ގައި ނަން ޖެހުމަށް ބޭނުންވާ ފަރާތްތަކުން ވަނީ މޫލީ އަށް ޒިޔާރަތްކޮށް ރިޖިސްޓްރީކުރުމަށް އެދިފައެވެ.

- ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓް އަށް އެޑް ކޮށްލައްވާ

- ކާޓް އިހްތިޔާރުކޮށް ޗެކްއައުޓް ކުރުން

- ޑެލިވަރީ އެޑްރެސް އިހްތިޔާރު ކުރުން

- ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖަހަން ބޭނުންވާ ނަން ޖެހުން. މި ގޮތަށް ޖެހޭނީ ގިނަވެގެން 7 އަކުރު

- އޯޑަރު ކަށަވަރު ކުރުމަށް ފައިސާ ދެއްކުން

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެއެވެ.

- 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެނޭއެވެ.

- 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭނެއެވެ.

އުރީދޫ ފަން ރަން 2022 / ފޮޓޯ: އުރީދޫ

އުރީދޫ އިން ބުނީ 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަމަށެވެ.

އުރީދޫ އިން ބުނީ މި ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށެވެ.

އުރީދޫ ފަން ރަން ގެ ހަރަކާތްތަކުގެ ތެރޭގައި ޑިސެންބަރު 22، 2023 ވާ ހުކުރު ދުވަހު ހެދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަ ޖެހިފައިވީ އިރު ހަވީރު ބޭއްވޭ ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެއެވެ.