ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަންނަ ހައްޖު މަހު ދައުލަތުގެ އެހީގައި ހައްޖަށް މީހުން ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ދައުރުގެ ތެރޭ ސަރުކާރުގެ ހަރަދުގައި 1،000 ފަގީރުން ހައްޖަށް ފޮނުއްވުމަކީ ރައީސް މުއިއްޒުގެ އިންތިހާބީ ވައުދުފުޅެކެވެ.
"ބަހާލައިގެން ފުރަތަމަ އަހަރު 100 މީހުން، މުޅި ފަސް އަހަރު ތެރޭގަ 1،000 މީހުން ހިލޭ، މި ދެންނެވި ގޮތަށް ހައްޖު ކޯޕަރޭޝަނުން ވަރުގަދަކޮށްގެން ހިލޭ ހައްޖަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގެންގޮސްދޭނަން،" ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މުއިއްޒު ވިދާޅުވިއެވެ.
މި ވައުދުފުޅާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޝަހީމް އަލީ ސައީދު ވިދާޅުވީ، "5 އަހަރުތެރޭ ދައުލަތުގެ އެހީގައި 1000 މީހުން ހައްޖަށް ފޮނުއްވާނެ ކަމަށް ކަނޑައަޅުއްވާފައިވުމުން މި އަންނަ ހައްޖުގައި ފުރަތަމަ ބެޗްގެ މީހުން ހައްޖަށް ފޮނުވޭނެ." ކަމަށެވެ. ފުރަތަމަ ބެޗްގައި ފޮނުވާނީ ކިތައް މީހުން ކަމެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި ކޯޓާގެ ރަސްމީ އަދަދު ހަމަ ޖެހުމުން އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުފައެވެ.
މި ހާއްސަ ފުރުސަތުގެ ދަށުން ހައްޖަށް ދެވޭނެ މީހުން ކަނޑައެޅުމަށް ހާއްސަ އުސޫލެއް އެކުލަވާލާ ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުންވެސް ހައްޖު ކޯޕަރޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ކުންފުނި ތަރައްގީކުރުމުގެ އިތުރުން ހައްޖު ފަންޑުން އިންވެސްޓްމެންޓްތައް ކޮށް، ހައްޖު ކޯޕަރޭޝަނަކީ މާލީގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދަން ޖެހޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ހައްޖަށް ގެންދިއުމަށް ކޯޓާ އަށް ބޮޑު އަގުގައި ފައިސާ ނަގާ މައްސަލަ އަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށާއި އާ ސަރުކާރުން އެކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެއްވާނެ ކަމަށްވެސް ޝަހީމް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އެކަމުގައި އާ ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ހުރިހާ ކޯޓާ ހައްޖުކޯޕަރޭޝަނަށް ދިނުމެވެ.
ހައްޖު ވާޖިބުވަނީ އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހާއަކަށް ނޫންހޭ ދެން އަނެއް ކަމަކީ ކުޅަދާނަކަން ލިބިފައިވާ މީހާ ފައިސާ ދައްކާގެން އުޅޭތާ ހަތަރު އަހަރު ވާއިރުވެސް ކޯޓާ ނުލިބިގެން ހައްޖަށް ނުދެވިފައި އަޅުގަނޑަށް ހީވަނީ ތިކޯޓާއަށް ފައިސާ ދައްކާގެން ނުދެވިފައި ތިބި މީހުން ފޮނުވާލެވުނިއްޔާ މާރަނގަޅު ވާނެހެން އެހެން މިބުނީ ވަލިޔުލް އަމުރެއްނޫން އެކަން ހަމަޖައްސަވައި ދެއްވާ ގޮތަކަށް އޮންނަނީއެއް