މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ރާއްޖޭގެ ހައްޖުވެރިން މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިންގެ ގުރޫޕުގެ ފުރަތަމަ ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު 14:00ގައި ކަމަށެވެ.

- ދެވަނަ ގުރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު 23:00 ގައެވެ.

- ތިންވަނަ ގުރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު 14:00 ގައެވެ.

- ހަތަރުވަނަ ގުރޫޕް ރައްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު 23:00 ގައެެވެ.

މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފައެވެ. ހުރިހާ ހައްޖުވެރިންވެސް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

ދިވެހި ހައްޖުވެރިން މިފަހަރު މައްކާއަށް ގޮސްފައިވަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފައެވެ. މި ހިދުމަތް ދިވެހިންނަށް ފަހިވެފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.