ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ސަރުކާރުގެ ވަޒީފާތައް ދިނުން މަޑުޖައްސާލާފައި އޮތް އޮތުން އިއާދަ ކޮށްފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ސަރުކާރުގެ ބައެއް ވަޒީފާތަކަށް މީހުން ނަގާ ނަމަ ސަބަބު ބަޔާންކޮށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދަން ޖެހޭ ގޮތަށް ނިންމާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

އެކަން އިއާދަކޮށް މިއަދު އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް އޮމާން ކަމާއެކު ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމުގެ ގޮތުން ސިވިލް ސާވިސްގެ މަގާމުތަކަށް އިއުލާންކުރުމާއ،ި ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމާއ،ި މަގާމުގެ ކުރިއެރުންދިނުމާ ގުޅޭ މަސައްކަތްތައް މަޑުޖައްސައިލުމާ ގުޅޭގޮތުން ނެރުނު އިއުލާން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އަދި އެ އިއުލާން އާންމުކުރުމާ ހަމަޔަށް މީހުން ހޯދުމަށް ކޮށްފައިވާ އިއުލާންތަކަށް މީހުން ހޯދުމުގެ މަސައްކަތް ދާއިރާގެ އިސްވެރިން ގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުމަށް ވަނީ އެދެފައެވެ.

މިދިޔަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މުހައްމަދު މުއިއްޒު ކުރެއްވުމާ ގުޅިގެން އިންތިގާލީ މަރުހަލާ މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި އެ އޮފީހުގެ ހަރު މުދަލާއި ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީ އާ ހަވާލު ކުރުމަށްވެސް ވަނީ އަންގާފައެވެ.