ނިމިގެން މިދާ ރިޔާސީ ދައުރުގައި އަމާޒަކަށް ހެއްދެވީ ދިވެހި ދައުލަތަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރިވެ އެއްވެސް ރައްޔިތަކު ތަފާތު ނުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ވެރިކަން ނިންމަވާލެއްވުމުގެ ކުރިން ހުރިހާ ރައްޔިތުންނަށް މިއަދު ދެއްވި ހާއްސަ މެސެޖެއްގައި ފައިސަލް ވިދާޅުވީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެމަނިކުފާނާ ދޭތެރޭ ބެހެއްޓެވި ގާތް ކަމާއި ކުރެއްވި އިތުބާރަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ވޭތިވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކޮށްފައި ވާނީ ކުރެއްވި ހުވާގައި ސާބިތުވެ ހުންނަވާ ރާއްޖޭގެ ގާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އާއި ހަވާލުކޮށްފައިވާ ފުރިހަމަ ޒިންމާ އަދާ ކުރެއްވުމަށް ކަަމަށެވެ.

އަދި ހަމައެހެންމެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިވެހި ދައުލަތަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވެ އެއްވެސް ރައްޔިތަކު ތަފާތު ނުކުރެއްވުމަށް އަމާޒަކަށް ހައްދަވާ މަސައްކަތް ކުރެއްވި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ފައިސަލް ވަނީ އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ނައިބު ހުސެއިން މުހައްމަދު ލަތީފް އަށް މަރުހަބާ ދަންނަވާފައެވެ.

ފައިސަލް އަކީ ފަހުގެ ތާރީހެއްގައި ނައިބު ރައީސް ކަމުގައި ހުންނަވާ ދައުރެއް ފުރިހަމަ ކުރެއްވި ބޭފުޅާއަށެވެ. އަދި ވެރި ކަމުގެ ދައުރުގައި ވެސް ފައިސަލް ދެއްކެވި ނަމޫނާއަށް ގިނަބޔަކު ތައުރީފް ކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވާ ކުރެއްވުމާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ގާނޫނީ ހުވާ ކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:45 ގައެވެ. އަދި ހަމައެހެންމެ އާ ސަރުކާރުން އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު