އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކަސްޓަމްސްއިން 2 ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ކަސްޓަމްސްއިން ބުނީ، މިއަދު ހެނދުނު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒު ފައިސާގެ ޗެކް މޯލްޑިވްސް ރެޑް ކްރެސެންޓް ހަވާލުކޮށްދެއްވާފައިވާ ކަމަށެވެ.

ކަސްޓަމްސްއިން 2 ލައްކަ ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފައިވާއިރު ސަރުކާރުގެ ބައެއް ކުންފުނިތައް ކަމަށްވާ ސްޓެލްކޯ، އެބްޑަބްލިއުއެސްސީ އަދި އެމްޕީއޭއިން ވެސް ވަނީ ފަލަސްތީނަށް 5 ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.

މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.