އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް 10 ޕަސެންޓް ކޭޝްބެކް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބްލެކް ޕާލް، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންސް، ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ، ހޮޓް ޑިޝް އަދި ވީއާރް ކެފޭ ގެ ގޭމްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ބިލްގެ 10 ޕަސެންޓު އަނބުރާ ވޮލެޓަށް ވަގުތުން ޖަމާވާނެ ކަމަށެވެ.

މި ޕްރޮމޯޝަން އަކީ އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހަކަމާއި ހިތްހަމަޖެހުން އިތުރުކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށް އުރީދޫއިން ބުނެފައިވާއިރު މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމް-ފައިސާ އަށް ރަޖިސްޓާވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެއެވެ.

އެމް-ފައިސާއަށް ރަޖިސްޓާވުމަށް:

  1. އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ
  2. އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން އަށް ފިތާލައްވާ
  3. އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލް ތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖައްސަވާ
  4. މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓް ކުރައްވާ
  5. މޮބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން ޖައްސަވާ
  6. ފޯނަށް ލިބޭ އޯޓީޕީ ޖެއްސެވުމަށް ފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ

އެމް-ފައިސާ ގެ ފަސޭހަކަމާއި ހާއްސަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އެމް-ފައިސާއަކީ ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފާ ކުރުމާއި، ފިހާރަ، ރެސްޓޮރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބަރާއެކު ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓް އެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.

އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝް އިން ކުރުމުގެ ފަސޭހަކަންވެސް ވަނީ އެމް-ފައިސާ އިން ފަހިކޮށްދީފައެވެ. ހަމަ އެއާ އެކު، އެމް-ފައިސާ މެދުވެރިކޮށް ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިނގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވޭނެއެވެ.