ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއަށް ބަޖެޓްކޮށްފައިވާ އަދަދަށްވުރެ ގިނައިން ހަރަދުކުރަންޖެހުމުގެ އިތުރުން އެ މަޝްރޫއުކުރިއަށް ގެންދިއުމުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއަކީ ކުވައިތް ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލޯނާއި ޕީއެސްއައިޕީ އިން ހަރަދު ކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. މަޝްރޫއުގެ އެއްބަސްވުންތަކުގެ ޖުމްލަ 282,671,514 ރުފިޔާ ހޭދަވާނެ ކަމަށް ބަޔާންކޮށްފައި ވީ ނަމަވެސް އެޕްރޫވްޑް ވޭރިއޭޝަންގެ ހަރަދު، ނަޖިސް ހިއްކުމަށް، ރެކްޓިފިކޭޝަން އަދި އިތުރު އެޑްމިނިސްޓްރޭޓިވް ހަރަދުގެ ގޮތުގައި ޖުމްލަ 339,996,269 ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފައި ވަނީ 2018 ވަނައަހަރުއެވެ. ނަމަވެސ،ް ނިޒާމު ހިންގަން ފެށިއިރު ވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައި ވާއިރު މިމައްސަލަތައް ހައްލުކުރުމަށްޓަކައި ދައުލަތުން އިތުރު 43,271,758 ރުފިޔާގެ ރެކްޓިފިކޭޝަން މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި ވެއެވެ.

ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއު ޕްލޭން ކުރުމުގެ މަރުހަލާ އާއި ނިޒާމު ފަރުމާކޮށް އަމަލީ މަސައްކަތްކުރުމުގައި މަޝްރޫއުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަން ރާވާފައިވާ މަސައްކަތްތައް ތަންފީޒުވެފައި ނެތްކަން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އެޕްރޫވް ކޮށްފައިނުވާ ފަރާތްތަކަކުން މަޝްރޫއުގެ ބައެއް މަސައްކަތްތައް އިންސްޕެކްޓްކޮށް އެޕްރޫވްކޮށްފައިވެއެވެ. މީގެ އިތުރުނ،ް މަޝްރޫއަށް އެކުލަވާލައިފައިވާ ޑީޓެއިލްޑް ޑިޒައިން ރިޕޯޓަށް ކޮންޑިޝަނަލް ހުއްދައެއް ދޫކޮށްފައިވާކަމާއ،ި ރިޕޯޓަށް ގެންނަން ޖެހޭ މުހިއްމު އިސްލާހުތަކާއި އިތުރު މައުލޫމާތު ހިމަނަން ޖެހޭކަމަށް ހުއްދައިގައި ބަޔާން ކޮށްފައިވާއިރު މި ކަންކަން އިސްލާހު ކޮށްފައިވާކަން އެނގެން ނެތެވެ، މިގޮތުން މަޝްރޫއު ގެ ޖުމްލަ އަގަށް 20,216,769 ރުފިޔާ އިތުރުވެ މަޝްރޫއު ނިންމަން 6 މަސް އިތުރަށް ހޭދަވެފައިވެއެވެ.

- މި މަޝްރޫއަށް ކަނޑައަޅާފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާ ހިލާފަށް މަޝްރޫއުގެ ބައެއް މަސައްކަތްތައް ކޮށްފައިވެއެވެ. މިގޮތުން އީއައިއޭގައި ބަޔާން ކޮށްފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ނަޖިސް ބޭރުކުރުމަށް އައުޓް ފޯލް ހޮޅި އަޅައިފައިވުން، ކަނޑައަޅާފައިވާ ފުން މިނުގައި ހޮޅި އަޅާފައިނުވުމާއ،ި ނަތީޖާއެއްގެ ގޮތުން ތިމާވެށީގެ ގޮތުން މުހިއްމު ކަނޑުގެ ސަރަހައްދަކަށް ނަޖިސްބޭރުވާގޮތަށް ހޮޅިއަޅައިފައިވުން ހިމެނެއެވެ. އަދ،ި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ނަރުދަމާ ނިޒާމުގެ އައުޓްފޯލް ހަލާކުވެ ރަށުގެ ފަރު މައްޗަށް އުރިފައިވުމާއ،ި ރަށުގެ ފަރުމައްޗަށް ނަޖިސް ބޭރުވެފައިވެއެވެ.

- އީއައިއޭގައި ބަޔާން ކޮށްފައިވާ ސަރަހައްދު ނޫން އެއަށްވުރެ ބޮޑު އެހެން ސަރަހައްދެއްގައި ނަޖިހާއި ނަޖިސް ފެން ސާފުކުރާ ނިޒާމާއި ވެކިއުމް ސްޓޭޝަން 1 ގާއިމުކޮށްފައިވުމާއ،ި ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމަށް އ.ީއައ.ިއޭގެ ދަށުން ހުށަހަޅަން ޖެހޭ މޮނިޓަރިން ރިޕޯޓުތައް ހުށަހަޅާފައިނުވުމުގެ އިތުރުން އ.ީއައ.ިއޭގައި ވެއްޓަށް ލިބޭނެ ގެއްލުންކުޑަކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެކަށީގެންވާ ނިޒާމެއް އެކުލަވާލެވިފައިނުވެއެވެ.

- މިފަދަ މުހިއްމު މަޝްރޫއުތަކަކީ ގާތުން ކޯޑިނޭޓްކޮށް މޮނިޓަރު ކުރަންޖެހޭ މަޝްރޫއުތަކަށް ވާއިރު އެއްވެސް މުއައްސަސާއަކުން މަޝްރޫއުގެ މަސައްކަތްތައް ކޯޑިނޭޓް ނުކޮށް 4 މަސް ހޭދަކޮށްފައިވެއެވެ. އަދި މި މަޝްރޫއާ ގުޅޭ މުހިއްމު މައުލޫމާތާ ލިޔެކިއުންތައް ބަލަހައްޓާފައި ނުވާއިރު އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ހަވާލުކުރެވުނު މަޝްރޫއުގެ ލިޔެކިއުންތައް އިނގޭނެފަދަ ހޭންޑް އޯވާ ޑޮކިއުމަންޓް ތައްޔާރު ކޮށްފައެއް ނުވެއެވެ. އަދި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރުކަމާ ގުޅޭ ސްޓޭކްހޯލްޑަރުން އެކަށީގެންވާ މިންވަރަށް ބައިވެރިކޮށްފައި ނުވުމަކީ މަޝްރޫއުގައި ދިމާވި މައްސަލަތައް އިތުރުވެގެން ދިޔަ ކަމެއްކަމުގައިވަނީ ފާހަގަކޮށްފައެވެ.

- ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މައްސަލަތައް ދެނެގަނ،ެކޮންޓްރެކްޓަރ ޒިންމާކުރުވައި އެ މައްސަލަތައް ހައްލުކުރުމަށް މަޝްރޫއުގެ ތެރެއިންލިބޭ ފުރުސަތަކީ މަޝްރޫއުގެ ޑިފެކްޓްސް ލައިބިލިޓީ މުއްދަތު ކަމަށްވާއިރ،ު މިމުއްދަތުގެ ތެރޭގައި މަޝްރޫއުގެ މޮނިޓަރިން އާއި އިވޭލުއޭޝަންގެ މަސައްކަތްތައްއެންމެ އެދެވޭ ގޮތެއްގައި ހިންގާފައި ނުވެއެވެ.

- ނޮވެމްބަރު 2020 އިން ފެށިގެން ޖުލައި 2021 ގެނިޔަލަށް ނަރުދަމާ ނިޒާމުގައި މައްސަލަ ޖެހިފައިވާ މޭން ހޯލް އަދި ވެކިއުމް ޗެމްބަރުތައް ހިއްކުމުގެ މަސައްކަތް ބީލަންކުރުމަކާ ނުލައި އަމިއްލަ ފަރާތްތަކާ ފެނަކައިން ހަވާލުކޮށްފައިވެއެވެ. އަދި ނަޖިސް ހިއްކުމުގެ މަސައްކަތުގެ ޖުމްލަ އަގުކަނޑައަޅައިފައި ނުވުމާއި ކުރިން ކުރި އަގަށް ވުރެ ބޮޑު އަގެއްގައި މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. މިގޮތުން މޭން ހޯލްތަކުގެ ނަޖިސްތައް ޕިކަޕްތަކެއްގައި ނަގައިގެން އުކާލުމަށް ޖުމްލަ 8,673,370 ރުފިޔާ 21 މަސް ތެރޭގައި ހަރަދުކޮށްފައިވެއެވެ.

މީގެ އިތުރުންވެސް ގިނަ މައްސަލަތަކެއް އޮޑިޓް ރިޕޯޓްގައި ފަހަގަކޮށްފައިވާއިރު އޮޑިޓް އޮފީހުން ވަނީ މިނިސްޓްރީން ކޯޑިނޭޓް ކުރާ މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުން ދަނީ އެއްބަސް ވެފައިވާ ފެންވަރަށާއި މިންވަރަށްކަން ކަށަވަރު ކުރުމަށް ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރާއި ފެންވަރު ދެނެގަނެ ޔުނިޓުގެ ސަމަކާރަކަން އިތުރުކުރުމުގައި މިނިސްޓްރީގެ ދައުރު ފުޅާކުރުމަށް އިލްތިމާސްކޮށްފައެވެ.

- ދައުލަތުން ހިންގާ މަޝްރޫއުތަކަށް އެކުލަވާލައިފައިވާ އެއްބަސްވުންތަކާ އެއްގޮތަށް މަސައްކަތް ހިނގަމުންދާ ކަން ކަށަވަރު ކުރުމަށާއި މަޝްރޫއުތަކުގައި މަސައްކަތް ކުރާ ކ-ީއެކްސްޕަޓުންނަކީ މިނިސްޓްރީން އެޕްރޫވް ކޮށްފައިވާ ފަރާތްތަކެއްކަން ކަށަވަރު ކުރުމަށާއި މިފަދަ މަޝްރޫއުތަކުގެ ކޮލިޓީ ކޮންޓްރޯލް ޕްލޭނެއް ތައްޔާރުކޮށް ތަންފީޒުކުރުމަށާއި މަޝްރޫއުގެ ކޮލިޓީހިފެހެއްޓުމަށް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ އެންމެހައި ރިޕޯޓުތައް ރިވިއު ކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާނަމަ އެވަސީލަތްތައް ގާއިމް ކުރުމަށް އެދިފައެވެ

- ދައުލަތުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެގްޒިޓް ސްޓެރެޓަޖީ ހަރުދަނާ ކުރުމަށާއ،ި އެއްވެސް ސަބަބަކާ ހެދި މަޝްރޫއު ހިންގަން އެހެން ފަރާތަކާ ހަވާލު ކުރަން ޖެހޭ ހާލަތްތަކުގައި ހޭންޑް އޯވަ ޑޮކިއުމަންޓެއް ތައްޔާރުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށާއި މިނިސްޓްރީ އޮފް ޕްލޭނިން އަށް ވަނީ އަންގާފައެވެ.

- ދައުލަތުން ހިންގާ މަޝްރޫއުތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމަށާއ،ި މަޝްރޫއެއް ކުރިއަށްގެންދާނަމަ އެ މަޝްރޫއާ ގުޅޭ ޕްރޮޖެކްޓް ޑޮކިއުމެންޓޭޝަން ޕްރޮޓޮކޯލެއް އެކުލަވައިލައި އެއާ އެއްގޮތަށް އަމަލު ކުރަމުންދާކަން ކަށަވަރު ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް މިނިސްޓްރީ އޮފް ޕްލޭނިންގ، މިނިސްޓްރީ އޮފް ފިނޭންސ،ް އަދި ފެނަކައަށް އޮޑިޓް އޮފީހުން ވަނީ އަންގާފައެވެ.