އުރީދޫ މޯލްޑިވްސްގެ ބްރޯޑްބޭންޑް ޕޯޓްފޯލިއޯ އިތުރަށް ހަރުދަނާކޮށް، ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސާ އެކު އަގުހެޔޮ ޕެކޭޖްތަކެއް ވަނީ ފަހިކޮށްދީފައެވެ.

އުރީދޫން ބުނީ، މި ޕެކޭޖްތަކުގެ އިތުރުން އުރީދޫ އަކީ އެކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ އަޕްގްރޭޑްކޮށް ކަސްޓަމަރުންގެ ތަޖުރިބާ އަބަދުވެސް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމުން، ދުވަހުން ދުވަހަށް ހިދުމަތުގެ ފެންވަރު އިތުރުވަމުންދާ ކަމަށެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ އޮފާތަކުގެ ތެރޭގައި ޑިސެމްބަރު 31، 2023 ގެ ކުރިން ސުޕާނެޓް ހިދުމަތަށް އެދިލައްވާ ފަރާތްތަކަށް ޑިޕޮސިޓަކާ ނުލައި ހިދުމަތް ގަނެވޭއިރު ރައުޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން އުރީދޫއިން އެންމެ ފަހުން ތައާރަފްކުރި އޮފާއާ އެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗް ލައިވްކޮށް ބެލާލުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ، ނަސީބުވެރި ވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން 2 ރެއާއި 3 ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާއެކު ޕެރިސް ދެކޮޅު ޓިކެޓް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް މިހާރު ގެންގުޅުއްވާ ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކް އިން ބައިވެރިވެވޭނެ ކަމަށާއި މިއަހަރުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގައި އަލަށް ސުޕަނެޓް ނަންގަވާ ކަސްޓަމަރުންނަށްވެސް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސުޕަނެޓް ހިދުމަތް ނަގަންވީ ކީއްވެ؟

  • ހަލުވި ސްޕީޑްގެ އިންޓަނެޓާ އެކި ބޮޑެތި ޑޭޓާ އެލަވަންސްތައް
  • ޑޭޓާ ރޯލް އޯވާ ހިދުމަތް
  • ކްލަބް ޕްރީމިއާ ބެނެފިޓްސް

އުރީދޫން ބުނީ، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، އުރީދޫ ސުޕާނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައިވާ ކަމަށެވެ. މި ބަދަލުގެ ދަށުން ސުޕާނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު ބޮޑެތި ޑޭޓާ އެލަވަންސް އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން ސުޕާނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާއާއި އެއްވެގެންދާނެ ކަމަށާއި ސުޕަނެޓަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ގޭގެއަށާއި އޮފީސްތަކާއި ކުދި ވިޔަފާރިތަކަށް ބޭނުންހުރި ލޭންޑްލައިންގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ، ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް، ގޭމިން ފަދަ މަގުބޫލު ޕްލެޓްފޯމްތައް ވެސް އެ ނެޓްވޯކުން ސުޕަނެޓްގެ ހިދުމަތްތައް އޮޕްޓިމައިޒްކޮށްފައިވާ ކަމަށާއ ސުޕަނެޓް 40އެމް ޕެކޭޖްތަކާއި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ސުޕަރނެޓް ކަސްޓަމަރުންނަށް ޕްލޭން ޓަޔާގައިވާ ގޮތުގެ މަތިން އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

ހަމައެހެންމެ ކްލަބް ޕްރިމިއާ ބެނެފިޓްސް ތިން ޓަޔަރަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނޭއިރު، ރާއްޖޭގެ މަޝްހޫރު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ތަފާތު އޮފާތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ޕްރިއޮރިޓީ ޕާސް މެދުވެރިކޮށް ޕްރިމިއަމް އެއާޕޯޓް ލައުންޖުތަކަށް ވަދެވޭނެ ކަމަށް އުރީދޫން ބުނެއެވެ.