ކުރިއަށް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް އަދި ޕީއެންސީގެ ޕަރައިމަރީ ބާއްވާނެ ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ 20 ކަމަށް ނިންމައިފިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަންނަ ޖެނުއަރީ 20 ވާ ހޮނިހިރު ދުވަހު ޕަރްއިމަރީ ބާއްވާނެ ކަމަށާއި އެ ދެޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށެވެ.
އެ ގޮތުން އަންނަ ޑިސެމްބަރު މަހުގެ 20 އިން ފެށިގެން 31 ގެ ނިޔަލަށް ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އެ ކޯލިޝަނުން އިތުރަށް ބުނީ، މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް ޕީޕީއެމް އަދި ޕީއެންސީން ވާދަކުރުމަށް ކެންޑިޑޭޓުން ނެރެނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށެވެ.
މިޮޙަރު ވެސް ސޯޝަލް މިޑިއާގައި އަންނ މަޖިލިސް އިންތިހާބަށް ކުރިމަތިލާން އުޅޭ ކަމުގެ ވާހަކަތައް އަންނަނީ އާންމުކުރަމުންނެވެ. އެ ގޮތުން ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ. އޭގެތެރޭގައި ބައެއް ނޫސްވެރިންނާއި ފިލްމީތަރިންގެ އިތުރުން އިޖްތިމާއީ މަސައްކަތް ކުރާ ފަރާތްތަކުން ވެސް އަންނަ މަޖިލީހުގައި ވާދަކުރާ ކަން އަންނަނީ ހާމަކުރަމުްނެވެ.