އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތަކުން ލިބޭ ޑޭޓާ އަދި ވޮއިސްގެ ހިދުމަތްތަކުގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން އުރީދޫއިން އެންމެ ފަހުން ތައާރަފްކުރި އޮފާއާއެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލު ކުރާ މެޗް ލައިވްކޮށް ބަލާލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫން ބުނީ، ނަސީބުވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން 2 ރެއާއި 3 ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާއެކު ޕެރިސް ދެކޮޅު ޓިކެޓް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް މިހާރު ގެންގުޅޭ ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކް އިން ބައިވެރިވެވޭނެއެވެ. އަދި ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކުން އުރީދޫ ޕޯސްޓްޕެއިޑް އަކަށް ބަދަލުކޮށްލުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަން އަކީ އަންނަ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށް ދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި އަލަށް އުރީދޫ އާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް އުރީދޫން ބުނެއެވެ.

ރާއްޖޭގެ އާބާދީގެ 100 ޕަސެންޓަށް އުރީދޫގެ ހަލުވި 4ޖީ+ ކަވަރޭޖް މިހާރުވެސް ފޯރުކޮށްދެމުން ދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް މޮބައިލް ކަނެކްޝަނެއް ހެޔޮ އަގުގައި ލިބިގެންދެއެވެ. ކޮންމެ ތަނެއްގައި ހުރި ނަމަވެސް ހަލުވި ސްޕީޑްގެ އިންޓަނެޓް އާއި ވޮއިސް ކޯލްގެ ހިދުމަތް މެދުކެނޑުމެއް ނެތި ލިބިގެންދެއެވެ.

އުރީދޫ ޕޯސްޓްޕެއިޑް އަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ވަރުގަދަ ނެޓްވޯކްގައި ބޮޑެތި ޑޭޓާ އެލަވަންސްތަކާ އެކު ފުރިހަމަ ތަޖުރިބާއެއް ކަށަވަރުވެއެވެ. އުރީދޫ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯގައި އެކި އެކި ބޭނުންތަކަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް އެކަށޭނެހެން ޑޭޓާ ހިމެނޭ ތަފާތު ޕެކޭޖްތައް ހެޔޮ އަގުގައި ހިމަނާފައި ވެއެވެ.

އެގޮތުން ބަލާއިރު، އާޗާ ޕޯސްޓްޕެއިޑް ޕެކޭޖުތަކުން މުޅި މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ އިރު، އެކު ޕޯސްޓްޕެއިޑް ޕެކޭޖުތަކުން ސޯޝަލް މީޑިއާ، ސްޓްރީމިން އަދި ރެގިއުލާ ޔޫސޭޖަށް ހާއްސަ ޑޭޓާ ލިބެއެވެ. މި ޕޯޓްފޯލިއޯގައި ޑޭޓާ ބޭނުންކުރާ މިންވަރު މަދު ކަސްޓަމަރުންނަށް ހެޔޮ އަގުގައި ލިބެން ހުރި ނެޓުހެޔޮ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ވެސް ވަރަށް ފުރިހަމަ ޕެކޭޖްތަކެކެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ފައިދާތަކަށް ބަލާއިރު ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު، މަސް ނިމޭއިރު ބޭނުން ނުކުރާ ޑޭޓާ ބޭކާރު ނުވާނެ ކަން ކަށަވަރު ކޮށް، އަނެއް މަހުގެ ޑޭޓާ އެލަވަންސް އަށް އެއްވެގެން ދެއެވެ. މީގެ އިތުރުން 1000 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕްލޭންތައް ގެންގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާ މެމްބަޝިޕާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މަޝްހޫރު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ތަފާތު އޮފާތަކާއި ޑިސްކައުންޓްތައް ލިބެއެވެ. ހަމައެއާއެކު ނެޓުހެޔޯ އަދި އާޗާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއްފަހަރާ 3 މަހަށް، 6 މަހަށް، 12 މަހަށް، އަދި 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް ދައްކާ ފަރާތްތަކަށް 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެއެވެ.

އުރީދޫ މޯލްޑިވްސް ޕޮސްޕެއިޑް ޕެކޭޖްތަކާއި ބެހޭ މައުލޫމާތު ހޯދުމަށް އަދި އެކްޓިވޭޓް ކުރުމަށް މި ލިންކަށް ޒިޔާރަތް ކޮށްލާށެވެ.