ބީއެމްއެލާއި ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ހޯދުމަށް އެދުމުގެ ކުރިން ހިދުމަތަކަށް އެދެވެން ހުރި ގަޑިތައް ބަލާލެވޭނެ ގޮތް، އެ ބޭންކުން ހަމަޖައްސައިފިއެވެ.

މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބީއެމްއެލުން ބުނީ، އެ ބޭންކުގެ އޮންލައިން އެޕޮއިންޓްމެންޓު ޕޯޓަލަށް ގެނައި ބަދަލާ އެކު، ބީއެމްއެލް އިސްލާމިކް، ނުވަތަ އެ ބޭންކުގެ ހިދުމަތަކަށް އެދުމުގެ 10 ދުވަސް ކުރިން އެޕޮއިންޓްމެންޓުތައް ލިބެން ހުރި ތާރީހާއި ގަޑި ބަލާލެވޭނެ ކަމަށެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް އެދެވޭނެ ހިދުމަތްތައް:

  • ލޯނަށް އެދި ހުށަހެޅުމަށާއި ސީއެސްއާރާ ބައްދަލުކޮށް ލޯނާއި ފައިނޭންސިންގެ މައުލޫމާތުތައް ސާފުކުރުމަށް
  • ބޭންކް އެކައުންޓް ހުޅުވުމަށް (ބީއެމްއެލްގެ ބިޒްނަސް ކަސްޓަމަރުންނަށް އެކަނި)

މި ޕޯޓަލަށް ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް ވަދެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.