ލަންދޫ ޕްރީ ސްކޫލް ބެލެނިވެރިންނަށް އުރީދޫ އިން ޑިޖިޓަލް ފައިނޭންސް އަދި އެމް- ފައިސާ ގެ ޓްރޭނިން ސެޝަން އެއް ބާއްވައިފިއެވެ.

އުރީދޫން ބުނީ، މި ސެޝަން ބާއްވާފައި ވަނީ ޑިޖިޓަލް ދިވެހި ރާއްޖެ އެއް ބިނާ ކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ޑިޖިޓަލް ފައިނޭންސްގެ ހިދުމަތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ޑިޖިޓަލް ފައިނޭންސް މެދުވެރިކޮށް ފަހި ވެގެންދާ ފުރުސަތުތަކާއި ފަސޭހަ އަދި އެމް ފައިސާ ބޭނުންކުރާނެ ގޮތް ކިޔާދީފައި ވާނެ ކަމަށް އުރީދޫން ބުނެެއެވެ. ހަމައެއާއެކު މިހާރު ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކައުންސިލަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާލެވޭނެ ކަމަށް އުރީދުން ބުނެއެވެ.

އެމް-ފައިސާ އަކީ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި، ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް އެމްފައިސާ މެދުވެރިކޮށް ބިލް ދެއްކޭނެ ކަމަށް އުރީދޫން ބުނެއެވެ.

‎މި ހިދުމަތާ އެކު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ލަންދޫގެ ރައްޔިތުންނަށް ފައިސާގެ މުއާމަަލާތް ކުރުމުގައި އިތުރު ލުޔެއް ލިބި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމައެއް ގާއިމުކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އެމް-ފައިސާ ގެ ހިދުމަތަކީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އުރީދޫ އެޕް މެދުވެރިކޮށް ބޭނުން ކުރެވޭ ހިދުމަތެކެވެ. އެމް-ފައިސާ ގެ ހިދުމަތައް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ރެޖިސްޓާ ކުރެވޭނެއެވެ.